އެލައިޑް އިންޝުއަރެންސް ކޮމްޕެނީގައި މޮޓޯ އިންޝުއަރެންސްކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ފަސޭހައިން ހިއްސާ ކުރެވޭނެ ގޮތް މަގުފަހި ކުރުމަށާއި އެ ޚިދުމަތް ފަސޭހައިން ފޯރުކޮށް ދިނުމުގެ ގޮތުން އިލެކްޓްރޯނިކް ސްޓިކާއެއް ތަޢާރަފުކޮށްފި އެވެ.
މި ސްޓިކށ ތަޢާރަފުވެގެން ދިއުމުން ޚިދުމަތް ހޯދާ ފަރާތްތަކުން މިހާރު އުނޅަދުގައި ސްޓިކާ ހަރު ކުރުމުގެ ބަދަލުގައި އެލައިޑް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަނުން ޖެނެރޭޓް ކުރާ އީސްޓިކަ ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ބޭނުންކޮށްގެން އިންޝުއަކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ވެބްޕޯޓަލް މެދުވެރިކޮށް ފުލުހުންނަށް ބެލޭނެ އެވެ.
ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެން ވެސް މިހާރު އިންސްރެންޝްގެ މައުލޫމާތު ފަސޭހައިން ބެލޭނެ ގޮތަށް ހަމަޖެހިގެން ދިއުމަކީ ލިބިގެން ދާނެ ލުއިފަސޭހައެއް ކަމަށެވެ.
އެލައިޑްގެ ޖެނަރަލް މެނޭޖަރު އަޙްމަދު ރިޔާޒީ ވިދާޅުވީ އިންސްއަރެންޝް ސްޓީކަ ހަރު ކުރުމުގެ ބަދަލުގައި ފޯނަށް ލޯޑްކޮށްލައިގެން ބޭނުން ކުރެވޭ ގޮތައް ތައާރަފް ކުރި އީސްޓީކާއިން އާންމު ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
އީސްޓިކާ އިން ލިބިދޭ މައުލޫމާތަކީ ޙައްސަ މައުލޫމާތުތޯ ވަގުތުން ވަގުތައް ފުލުހުންނަށް އެލައިޑް ޕޯޓަލް މެދުވެރިކޮށް ބެލިގެންދާނެ އެވެ.