Last Updated: April 21, 22:45
Monday, April 21, 2025
ސިއްހަތު

އެޗް1އެން1 ވެކްސިން އާންމުކޮށް ދޭން ފަށައިފި

އިންފްލުއެންޒާ އެޗް1އެން1 ވެކްސިން ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ޢާއްމުކޮށް ދޭން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެތަނުން ބުނީ އިންފުލުއެންޒާއިން ރައްކާތެރިވުމަށް މާލެ އާއި އަތޮޅުތަކުގައި ވެކްސިން ދެމުންދާ ތަންތަނުން ޢާއްމުކޮށް އެންމެންނަށް ވެކްސިން ދިނުމުގެ ކަންކަން މިހާރު ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން މާލެ އާއި އަތޮޅުތަކުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން ވެކެސިން ދޭނެ އެވެ.

އެހެންވެ ވެކްސިން ޖަހަން ދިއުމަށާއި ދާ އިރު، އައިޑީ ކާޑް ގެންދަން ޖެހޭނެ އެވެ.

މީގެ ކުރިން އިންފުލުއެންޒާ އެޗްވަންއެން ވަން އަށް ވެކްސިން ދެމުން ދިޔައީ، ރޯގާގެ ނުރައްކާ ބޮޑު މީހުންނަށް ހާއްސަކޮށްގެން އެކަންޏެވެ.