Last Updated: November 25, 09:52
Monday, November 25, 2024
ޚަބަރު

މޯލްޑިވިއަން އައިޑޮލް 2 ގެ ޖަޖަކަށް އައްމަޑޭ އަތުވެއްޖެ

މިހާރު ޓީވީއެމުން ދައްކަމުން އަންމަ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޖަޖިން ޕެނަލާ، މި ޝޯގެ ފުރަތަމަ ސީޒަނުން ވެސް ފެނުނު ޖަޖް އަހުމަދު އިބްރާހީމް (އައްމަޑޭ) ރޭ ގުޅިއްޖެ އެވެ.

އޭނާ ޝޯގެ ޖަޖަކަށް އަލުން އައިސްފައި މި ވަނީ ފަހަރުގެ ސީޒަނާ އަލަށް ޖަޖަކަށް ގުޅުނު އިސްމާއިލް އައްފާން މި ޝޯއާ ދޭތެރޭ ހިތްހަމުނެހިގެން، ހުކުރު ދުވަހުގެ ރޭ ދެއްކި އެޕިސޯޑްގައި މޯލްޑިވިއަން އައިޑޮލްގެ ސެޓް ދޫކޮށްފައި ދިއުމުންނެވެ.

އައްފާން އެރޭ ބުނީ އައިޑޮލްގެ ބައިވެރިންގެ އަދަދު ހަޔެކާ ހަމައަށް އައި އިރު، އެ މީހުންގެ ފަރާތުން އުންމީދު ކުރިއެރުމެއް ނުފެން ކަމަށެވެ.

އަދި އެހެން ޖަޖުންގެ ވާހަތަކާ ދޭތެރޭ ވެސް ހިތްހަމަނުޖެހޭ ކަމަށް ބުނެފައިވެ އެވެ.

އައްމަޑޭ އަލުން ޖަޖަކަށް އައި އިރު، މި ފަހަރުގެ ސީޒަނުން އޭނާ ނުފެންނާތީ އައިޑޮލް މި ފަހަރު ވަރަށް ފޫހި ކަމަށް ބުނި ބަޔަކު ވެސް އެބަ ތިއްބެވެ. އެހެން ނަމަވެސް އޭނާ ޝޯ އަށް އައުމަކީ އައްމަޑޭގެ ފޭނުންނަށް ބޮޑު އުފަލަކަށް ވެދާނެ އެވެ.

އައްމަޑޭ ރޭ ބުނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް މިދިޔަ އަހަރުގެ ސީޒަނަށް ވުރެ ފުރިހަމަ ކަމަށާއި ބައިވެރިންގެ ފެންވަރު ވެސް ރަނގަޅު ކަމަށެވެ.

އަދި އައްފާނަށް އިޝާރާކޮށް އޭނާ ބުނީ ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް، މިހާރު އައިޑޮލްގައި ތިބީ ވަރަށް މޮޅު ލަވަ ކިޔުންތެރިން ކަމަށެވެ.

އައްމަޑޭ ޖަޖިން ޕެނަލާ އަލަށް ގުޅުމުން ޖަޖް މަރިޔަމް އުނޫޝާ (ކިޑީ) ބުނީ މިހާތަނަށް މި ސީޒަނުން އެންމެ ބޮޑަށް މިސްވީ ޝޯގެ ވައިބް ކަމަށެވެ.

އެހެންވެ އައްމަޑޭގެ ސަކަރާތްގަނޑާއެކު ޝޯ ދެން ކުރިއަށް ދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ބުންޏެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި މިހާރު ތިބީ ސީޒަން އެކެއްގެ ތިން ޖަޖުންނެވެ. އެއީ ކިޑީ އާއި އައްމަޑޭ އަދި އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

ރޭގެ ޝޯ ފެށި ގަފދަ ހަ ބައިވެރިންގެ ހުށަހެޅުންތަކާ އެކު ކަމަށް ވިޔަސް، ޝޯ ނިމުމުނީ ބައިވެެރިންގެ އަދަދު ފަހެކަށް ތިރިކޮށްފަ އެވެ.

ރޭ ޝޯ އިން ކެޓީ އަހުމަދު ނަބީލެވެ.