އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ކައުންސިލަރ ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އަލީ ހަނީޒަށް (ބޮއްކާ) ތާއީދު ކުރައްވަނީ އެއީ އިޚްލާސްތެރި ތެދުވެރި ބޭފުޅަކަށް ވާތީ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ ވިދާޅުވި ގޮތުގައި އަލީ ހަނީޒުގެ ފަހަތުގައި ސާބިތުވެހުރީ އެއީ ތެދުވެރި ވަފާތެރިއެއް ކަމަށް ވާތީ ކަމަށާއި ފާއިތުވި 10 އަހަރު ދުވަހު ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާގައި ހުރެ އޭނާ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.
"ބޮއްކާ އަކީ އަޅުގަނޑުމެން މިކިޔަނީ އޭނާއާއި ދެމެދު އޮންނަ އަޚްވަންތަކަމާއި ލޯތްބެއްގެ ސަބަބުން ގާތްގުޅުމެއްގެ ސަބަބުން. މިހާރު ފޭދޫގެ ގިނަ ރައްޔިތުންނަށް އެނގޭނެ ބޮއްކާއޭ ކިއީމާ އެއީ އަލީ ހަނީޒުކަން"
އައިބީ ވަނީ އަލީ ހަނީޒުއަށް ވަނަމެއްގެ ގޮތުގައި 'ބޮއްކާ' ކިޔާ ސަބަބާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.
އައިބީ ވިދާޅުވި ގޮތުގައި އަލީ ހަނީޒަށް ބޮއްކާއޭ ކިޔަނީ އޭނާ އާއި މެދު އޮންނަ އަޚްވަންތަކަމާއި ލޯތްބެއްގެ ސަބަބުން ކަމަށެވެ.
އައިބީ ވިދާޅުވި ގޮތުގައި ރައްޔިތުން އައިބީގެ ނަމުން މުޚާތަބު ކުރާތީ އެއީ އެބޭފުޅާ ދެކެ ރައްޔިތުން ލޯބިވާތީ ކިޔާ ނަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
" އަޅުގަނޑަށް ވެސް ކިޔަނީ އިބްރާހިމްދީދީ..އެހެން ނަމަވެސް އަޅުގަނޑުވެސް ލޯބިވަނީ ތިޔަބޭފުޅުން އަޅުގަނޑަށް އައިބީ ކިޔާތީ ..އެއީ ލޯބިން ކިޔާ ނަމަކަށް ވާތީ."
އައިބީ ވިދާޅުވި ގޮތުގައި ރުޅިއައިސްގެން ގޮވާލާނީ އިބްރާހިމް ދީދީ އޭ ކިޔާފައި ކަމަށާއި އައިބީއޭ ގޮވާލާ މީހާ އަކީ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށެވެ.
އިއްޔެ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިބީ ވަނީ ބައެއް ފަރާތްތަކުން ރޮކެޓްތަކުގައި އެބޭފުޅާގެ ފޮޓޯ ޖަހައިގެން ސޯޝަލްމީޑިޔާގައި ހަޖޫ ޖަހާތީ އެކަމަށް ވެސް ރައްދު ދެއްވާފައެވެ.
އައިބީ ވިދާޅުވި ގޮތުގައި ރޮކެޓޭ ކިޔާފައި ފާޑުކިޔާ ފަރާތްތަކަށް ފޭދޫއަށް އަންނަމުންދާ ރޮކެޓް ސްޕީޑްގެ ތަރައްގީ ފެންނާނެ ކަމަށެވެ.