އައްޑު އަށް ބޯފެނުގެ ދަތިކަން ކުރިމަތިވެ، މިނަރަލް ވޯޓާ ފެން ހުސްވި ނަމަވެސް ހިތަދޫ އާރްއޭފްގައި ހުންނަ ބޮޓްލިން ޕްލާންޓް ވަން ޑިގްރީ ސައުތް އައްޑޫ ފެކްޓްރީއިން ހުސްނުވެ އާއްމުންނަށް ފެން ގަންނަން ލިބޭނެކަމަށް އެ ފެކްޓަރީން ބުނެފި އެވެ.
ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓްރީން ބުނީ އެ ކުންފުނިން އުފައްދާ "ވަން" ބްރޭންޑްގެ 18.9 ލީޓަރުގެ ބެރެލް ފުޅިއެއް 58.30 ރުފިޔާ އަށް ހުސްނުވެ ގަންނަން ލިބޭނެ ކަމަށެވެ.
ވޯޓާ ޑިސްޕެންސާ އާއި އެކު 18.9 ލީޓަރގެ ފެން ވިއްކަން ފަށާފައިވާއިރު ޑިސްޕެންސަރުތައް އިންސްޓޯލްމެންޓަށް ބަހާލައިގެން ގަނެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.
ޑިސްޕެންސަރު އެއްފަހަރާ ފައިސާ ދައްކާނަމަ 2650 ރުފިޔާއަށް ލިބޭއިރު އާންމުންނަށް އިންސްޓޯލްމެންޓަށް 3 މަހަށް ބަހާލައިގެން މަހަކު 996 ރުފިޔާ 40 ލާރިއަށް ލިބޭނެއެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ޖަހަންދެން ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީގެ ނަންބަރު 6880001 އަށް ގުޅައިގެން ހިދްމަތަށް އެދެވޭނެ އެވެ.
އެކުންފުނީގެ ވެބްސައިޓް http://ods.mv މެދުވެރިކޮށް ހިދްމަތަށް އެދޭ ފޯމު ލިބޭނެ އެވެ.
އައްޑޫގައި މިދުވަސްކޮޅު ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިރު އައްޑު އަށް މިނަރަލް ވޯޓާ ސަޕްލައި ކުރާ އެއްވެސް ތަނަކުން ފެން ލިބޭކަށް ނެތެވެ.