Last Updated: November 23, 21:59
Saturday, November 23, 2024
ކުޅިވަރު

ޝާޑް މީދޫ ފުޓްބޯޅަ ޓީމަށް 25،000ރ. ގެ އެހީއެއް ދީފި

މާދަމާ ފަށާ މިނިވަން ޗެމްޕިއަންޝިޕްގެ އައްޑޫ މުބާރާތުގައި ބައިވެރިވާ މީދޫ ޓީމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހަައްމަދު ޝާހިދު (ޝާޑް) 25،000ރ. ހަދިޔާކޮށްފި އެވެ.

އޭނާ އެ ޓީމާ ފައިސާ ހަވާލުކޮށް ދެއްވީ މީދޫ ފުޓްބޯޅަ ޓީމާ ޖޯޒީ ހަވާލު ކުރަން ބޭއްވި ހަފުލާގަ އެވެ.

"މީދޫ ރައްޔިތުން ގުޅިގެން މީދޫގައި މި މުބާރާތް މި ފަހަރު ބާއްވާތީ އަޅުގަޑު ނިސްބަތްވާ ހުޅުދޫގެ ރައްޔިތުން އަބަދު ވެސް މީދޫ ރައްޔިތުންގެ އެކުވެރިކަމާ އެކު ގުޅިގެން ކުރަމުންދާ މިފަދަ ކަންތައްތަކުގެ ވާހަކަ ދައްކާނެ،" ޝާޑް ވިދާޅުވި އެވެ.

މީީދޫ ދަނޑުގައި މި ފަހަރު މުބާރާތުގެ މެޗްތައް ކުޅޭ އިރު، މިނިވަން ޗެމްޕިއަންޝިފްގައި އައްޑޫން މި ފަހަރު ވާދަ ކުރަނީ މީދު އާއި ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދު އެވެ.

މާދަމާ ހަވީރު ހުޅުވާ މެޗްގައި ބައްދަލު ކުރާނީ މީދު އާއި ހިތަދޫ އެވެ.