Last Updated: November 28, 04:25
Thursday, November 28, 2024
ރިޕޯޓް

ރީނދޫ ކުލައިގެ ކާ އެއްޗެހީގެ ފައިދާ ބޮޑު

1. ކެރޮޓިނޮއިޑްސް

ރީނދޫ ކާއެއްޗެހީގައި ގިނަ އަދަދަކަށް ކެރޮޓިނޮއިޑް ހުރެއެވެ. އެއީ ކާއެއްޗެހީގެ ކުލަ ގަދަކޮށް އަލިކޮށްދޭ މާއްދާއެކެވެ. ކެރޮޓިނޮއިޑްގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ބީޓާ-ކެރޮޓިން އާއި ބީޓާ-ކްރިޕްޓޮޒެންތިން އެވެ. ރީނދޫ ކުލައިގެ ތަރުކާރީއެއް ނުވަތަ މޭވާއެއް ކެއުމުން، ހަށިގަނޑުން އޭގައި ހުންނަ އެއްޗެހި ވިޓަމިން އޭ އަށް ބަދަލުކޮށް ދެއެވެ. ވިޓަމިން އޭ އަކީ ވަރަށް ގިނަ ސިއްޙީ ފައިދާތައް ލިއްބައިދޭ މާއްދާ އެކެވެ.

2. އެންޓިއޮކްސިޑެންޓްސް

އެންޓިއޮކްސިޑެންޓް ތަކަކީ އޮކްސިޑެންޓްތަކުގެ ސަބަބުން ހަލާކުވެފައިވާ ސެލްތައް ރަނގަޅުކޮށްދޭ އެއްޗެހި އެވެ. އެގޮތުން ބީޓާ-ކްރިޕްޓޮޒެންތިން އާއި ވިޓަމިން ސީ އަކީ ސެލްތައް ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓް ތަކެކެވެ.

3. ލޮލުގެ ފެނުން ވަރުގަދަކޮށްދޭ

ކެރޮޓިނޮއިޑްތައް ހަށިގަނޑުގެ ތެރޭގައި ވިޓަމިން އޭ އަށް ބަދަލުވެގެން ދެއެވެ. އޭގެ ސަބަބުން ލޮލުގެ ސިއްޙަތު ވަރަށް ބޮޑަށް ރަނގަޅު ވެއެވެ. މީގެ އިތުރުން ވިޓަމިން އޭ އިން ލޮލުގެ ފެނުން ގެއްލުވައިދޭ ކަމެއް ކަމަށްވާ މެކިއުލާ ޑީޖެނެރޭޝަން އިން ވެސް ލޯ ސަލާމަތްކޮށްދެ އެވެ.

4. ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވުން

ހާވާޑް މެޑިކަލް ސްކޫލް އިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހަތަރު ވައްތަރެއްގެ ކެރޮޓިނޮއިޑްގެ ސަބަބުން އުރަމަތީ ކެންސަރު ޖެހުމުގެ ރިސްކް ކުޑަވެއެވެ. ދިރާސާއިން ދެއްކި ގޮތުން އެ ކެރޮޓިނޮއިޑް ތަކަކީ ޓިއުމަރު ބޮޑުވުމުން ހުއްޓުވައިދޭ އަދި އީސްޓްރޮޖެން ރިސެޕްޓާ ހަށިގަނޑުގެ ތެރެއަށް ފެތުރުން ހުއްޓުވައިދޭ މާއްދާތަކެކެވެ.

5. އުފާވެރިކަން ގެނެސްދޭ

އާޓް ތެރަޕީ ޕްރެކްޓިސް ކުރާ މީހުން ބުނާ ގޮތުގައި ރީނދޫ އަކީ ވަރަށް އުފާވެރި ކުލައެކެވެ. އެއީ ހަށިގަނޑުން ބޭކާރު އެއްޗެހި ނައްތާލަ ދިނުމުގައި އެހީތެރިވާ ކުލައެކެވެ. ރީނދޫ ކުލައިގެ ކާބޯތަކެއްޗަކީ ބޮޑުކަމުދިއުމުގައި ފަސޭހަ ކޮށްދޭ ކާނާތަކެއްކަން ވަނީ ސާބިތުވެފައެވެ.

6. ރީނދޫ ކުލައިގެ ވަރަށް ގިނަ ކާއެއްޗެހި ހުރޭ

ދޮންކެޔޮ، ބޮޑު މިރުސް، އަލަނާސި، ރީނދޫ، ބަރަބޯ، ޒުވާރި، އެޕްރިކޮޓް، ދަނޑިއަލުވި އަދި އަނބަކީ އާންމުކޮށް ލިބެން ހުންނަ ރީނދޫ ކާއެއްޗެހީގެ މިސާލުތަކެކެވެ. މިއީ ކޮންމެ ދުވަހަކު ކެއުމުގައި ބޭނުން ކުރެވިދާނެ އެއްޗެހި އެވެ. އެއިރުން ކާތަށި ވަރަށް ކުލަގަދަ ވާނެއެވެ. ވީހާވެސް ގިނަ ކުލަ ކުލައިގެ އެއްޗެހި ކެއުމުގައި ބޭނުން ކުރުމަކީ ސިއްޙަތަށް ފައިދާ ލިއްބައިދޭ ކަމެކެވެ.