Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އައްޑޫ ކައުންސިލުން މިހާތަނަށް ކުރި ކަމަކީ ގޮނޑި ހޫނުކުރުން: ތޯރިގް

ފާއިތުވި ހަ އަހަރު ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތްތަކީ ހަމައެކަނި ގޮނޑި ހޫނުކުރުން ކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފޭދޫ ނަރުދަމާ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތޯރިޤް ވިދާޅުވީ، ފާއިތުވި 6 އަހަރު އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތްތައް ވަނީ ފެއިލްވެފައި ކަމަށެވެ.

ކައުންސިލްގެ ފަރާތުން އައްޑޫގެ ރަށްތަކަށް އެއްވެސް ތަރައްޤީއެއް ނުގެނެވޭ ކަމަށެވެ.

"ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މަސައްކަތްތައް ވަނީ ފެއިލްވެފައި. މިރަށްރަށަކަށް ތަރައްޤީއެއް އެބޭފުޅުންގެ ފަރާތަކުން ނާދޭ. ހަމައެކަނި ކުރެއްވި ކަމަކީ ގޮނޑި ހޫނު ކުރެއްވުން."

ތޯރިޤް ވިދާޅުވި ގޮތުގައި ގޮނޑި ހޫނުކުރާ ޕާޓީ ބޭރު ކުރެއްވުމަށް ފަހު ސަރުކާރުގެ ކެންޑިޑޭޓުން ކައުންސިލަށް އިންތިޚާބު ކުރުމަށް ފޭދޫގެ ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.

އަދި ސަރުކާރާއި އެކު ރައްޔިތުން ތިއްބަވައިފި ނަމަ ފޭދޫގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް މިހާރަށް ވުރެ ބާރު ސްޕީޑްގައި ކުރެވިގެން ދާނެ ކަމަށް ވެސް ތޯރިޤް ވިދާޅުވި އެވެ.