ދެހާސް ފަނަރަ ވަނަ އަހަރު ވެސް ތިން ކުދިން ގޮވައިގެން ޗުއްޓީ އަށް ރާއްޖެ އައި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފާ ފަރަ ހާން އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
އޭނާ ވަނީ ޓްވިޓާގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ފޭނުންނާ ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ފަރާއާ އެކު ކުދިން ވެސް ފެނެ އެވެ.
"މޭ ހޫނާ" އާއި "އޯމް ޝާންތީ އޯމް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފަރާ އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ފިލްމަކީ 2014 ގައި ރިލީޒް ކުރި "ހެޕީ ނިއު އިޔާ" އެވެ.
The desert island picnic is a must @discoversoneva … tho next time I would prefer Tom Cruise to be stranded with? pic.twitter.com/yIIraIAB3F
— Farah Khan (@TheFarahKhan) April 29, 2017
އޭނާ މިހާރު އަންނަނީ އަނެއްކާ ވެސް އާ ފިލްމެއް ހެދުމުގެ ތައްޔާރީތައްވަމުންނެވެ.
ފަރާ ބުނި އެ ފިލްމަކީ ކުޑަ ބަޖެޓަކުން ހަދާ، ޒުވާން ދެ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމް އަދި އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ.
Where ur room is as big as a bungalow!! #maldives #discoversoneva @discoversoneva pic.twitter.com/j5eqtSvHY6
— Farah Khan (@TheFarahKhan) April 27, 2017
ފަރާ ވަނީ ދާދި ފަހުން ސޮނީ ޓީވީން ނިންމާލި އިންޑިއަން އައިޑޮލް 9 ގެ ޖަޖްކަން ވެސް ކޮށްފަ އެވެ.
އޭނާގެ ފިރިމީހާ ޝްރިޝް ކުންދަރަކީ ވެސް ޑައިރެކްޓަރެކެވެ. އޭނާ ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ޖާނޭމަން" އާއި "ޖޯކަރް" ހިމެނެ އެވެ.