Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ހުޅުމީދޫގައި

ލޯކަލް ކައުންސިލަށް ކެމްޕޭން ކުރުމުގެ ގޮތުން އެމްޑީޕީން ހުޅުމީދޫގައި ބާއްވާ ޖަލްސާއެއް މިރޭ އޮންނާނެ އެވެ.

އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މިއަދު ވަނީ އައްޑު އަށް ވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އައްޑު އަށް ވަޑައިގެންނެވި ޓީމަށް ގަން އެއާޕޯޓުންނާއި ހުޅުމީދޫން ވަނީ ހޫނު މަރުހަބާއެއް ވެސް ކިޔައިފަ އެވެ.

މީދޫ ކާޑުގެ ސަރަހައްދުގައި ބާއްވާ ޖަލްސާ ފަށާނީ މިރޭ 9:00 ގަ އެވެ.