ކޮންމެ އަހަރެއްގެ ރޯދަ މަހު މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި އަހަރުގެ ގޯދިއްޔާ ފުޓްސަލް ކަޕް އަންނަ މަހުގެ އެކެއްގައި ފަށާ ގޮތަށް ނިންމައިފި އެވެ.
މުބާރާތް މި ފަހަރު ކުރިއަށް ދާނީ ޖޫން 1-24 އަށެވެ.
މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ރޭގަނޑު މެޗްތައް ކުޅޭ ުބާރާތުގައި މި ފަހަރު ވެސް ވާދަ ކުރަނީ 20 ޓީމެވެ. ވާދަ ކުރާ ޓީމްތަކުގެ ނަންތައް ގޯދިއްޔާ އިން މިހާރު ވަނީ އާންމުކޮށްފަ އެވެ.
އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 17 ޓީމް މުބާރާތުގައި ވާދަ ކުރާ އިރު، ދައުވަތު ދީގެން މުބާރާތުގައި މި ފަހަރު ބައިވެރިކޮށްފައިވާ ޓީމްތަކަކީ ކުލަބް ވީއެޗާއި ސައުތު ބްލޫޒްގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑެވެ.
ގޯދިއްޔާ ފުޓްސަލް ކަޕް 2017 ގައި މަރަދޫ، ފޭދޫ އަފި ހިތަދޫން މިއިން ކޮންމެ އަވަށަކުން ފަސް ޓީމް ވާދަ ކުރާ އިރު، މަރަދޫފޭދޫން ވާދަ ކުރަނީ ދެ ޓީމެވެ.
މި އަހަރުގެ މުބާރާތް ސްޕޮންސަ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ގޯދިއްޔާ ފުޓްސަލް ކަޕްގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ފޭދޫ އެފްސީ ހަބޭސް އެވެ.