އައްޑޫ ސިޓީ، ހިތަދޫގެ ގޭބިސީތަކުގެ ކަރަންޓު ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވަމުން ދަނީ، ހިތަދޫގައި އަޅާފައި ހުރި ކޭބަލްތައް ހިމަވުމުގެ ސަބަބުން ކުރިމަތިވަމުންދާ ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަތަކާއި ގުޅިގެން ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
ސޯޝަލް މީޑީޔާގައި ލީކުކޮށްލާފައިވާ ފެނަކަ އައްޑޫ އޮފީހުގެ "ސ.ހިތަދޫ ކަރަންޓުގެ ހާލަތު ހުރިގޮތުގެ މައުލޫމާތު" ރިޕޯޓުގައި ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތާއި ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި އަޅާފައި ހުރި ކަރަންޓު ކޭބަލްތައް ހިމަވުމުގެ ސަބަބުން ވޯލްޓޭޖް ޑްރޮޕްވުމުގެ މައްސަލަ ފެންމަތިވުމަކީ ވަރަށް އާންމު ކަމެކެވެ.
ސޯޝަލް މީޑިޔާގައި ލީކުކޮށްފައިވާ ފެނަކަ އައްޑޫ އޮފީހުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން "މިއަހަރުގެ ފެބްރުއަރީ މަހުގެ ހިސާބުތަކަށް ބަލާއިރު ވޯލްޓޭޖް ނުލިބޭ ހިސާބުތަކަށް 35 އާއި 75 ޕަސެންޓާއި ދެމެދަށް ބިލް ބޮޑުވެފައި އެބަހުއްޓެވެ. އެއީ ބޭނުން ކުރާ ނިސްބަތުން އެވްރެޖްކޮށް 300 ރުފިޔާ އާއި 1800 ރުފިޔާ އާއި ދެމެދުގެ ބޮޑުވުމެކެވެ."
ފާއިތުވި މަހުގެ ކަރަންޓު ބިލް ލިބުނު އިރު އޭގެ ކުރީ މަހާއި އަޅާ ބަލާއިރު 2 ގުނައަށް ކަރަންޓު ބިލް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ރައްޔިތުން ގެންދަނީ ކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ކަރަންޓު ބިލްތަކާއި ހަވާލުވުމަށް ދެކޮޅު ހަދާކަން ފާހަގަކޮށްލެވެއެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ހިތަދޫގައި އަޅާފައިވާ ކަރަންޓު ކޭބަލްތައް ހިމަވުމުގެ ސަބަބުން ވޯލްޓޭޖް ޑްރޮޕް ވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު 2016 ވަނަ އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރުމަށް ލަންކާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކޭބަލް ވަޅުލައި ވަނީ ނިމިފައެވެ. އެެހެން ނަމަވެސް އެ ކޭބަލްތައް ގުޅުމަށް ބޭނުންވާ ސާމާނު ނުލިބިގެން އެ މަސައްކަތް މިހާތަނަށް ކުރެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
އަދި އެ މަސައްކަތަށް ބޭނުންވާ ސާމާނު ލިބިއްޖެ ނަމަ، މަހެއްހާ ދުވަހުގެ ތެރޭގައި ހާއްސަ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްކޮށް ނިންމާލާނެ ކަމަށް ފެނަކަ އައްޑޫ އިންޖީނުގެއިން ތައްޔާރުކޮށްފައިވަ ރިޕޯޓްގައި ވަނީ ބުނެފައެވެ.
މާރޗް މަހުގެ ތެރޭގައި ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި ވަނީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަގަޅުކުރުމަށް ގެނައި 2 އިންޖީނު އަދިވެސް ބޭނުންކުރަން ފެށިފައި ނުވާތީ އެކަން ފާހަގަކޮށްފައެވެ.
" ވޯލްޓޭޖް ޑްރޮޕް އޭ މިކިޔަނީ. ކަރަންޓު ނަގައި ނުދޭ ވާހަކަ ބޭނުންވާ ވަރަށް. އެހެންވީމަ ދެން މީޓަރުގައި މައްސަލަ ޖެހެނީ، ކަރަންޓު ސާމާނު ހަލާކު މިވަނީ. އެކި ދުވަސްވަރު އެކި ހިސާބުތަކަށް މި ވޯލްޓޭޖް ޑްރޮޕްވާތީ، އެކި ހިސާބުތަކުގެ ބިލްތައް އެކި ދުވަސްވަރު ބޮޑު މިވަނީ."
އައްޑޫ ސިޓީ ހިތަދޫގައި ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބްލްތަކަކީ 1996 ވަނަ އަހަރު އެޅި ކޭބަލްތަކެކެވެ. އޭރު ހިތަދޫގައި ބޭނުން ކުރަމުން ގޮސްފައި ވަނީ، 350-500 ކިލޯ ވޯޓުގެ ކަރަންޓެވެ. އެހެން ނަމަވެސް މިހާރު ހިތަދޫއަށް 3 މެގަވޯޓަށް ވުރެ ގިނަ އަދަދެއްގެ ކަރަންޓު ނަގާކަމަށް ވެއެވެ.
އިންޖީނުގޭގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކޭބަލް ހޫނުވުމުގެ ވޯލްޓޭޖް ޑްރޮޕްވާނަމަ އޭގެ ސަބަބުން އިލެކްޓްރިކް ސާމާނު ހަލާކުވާނެ ކަމަށާއި އެއީ ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
" ވޯލްޓޭޖް ޑްރޮޕް އޭ މިކިޔަނީ. ކަރަންޓު ނަގައި ނުދޭ ވާހަކަ ބޭނުންވާ ވަރަށް. އެހެންވީމަ ދެން މީޓަރުގައި މައްސަލަ ޖެހެނީ، ކަރަންޓު ސާމާނު ހަލާކު މިވަނީ. އެކި ދުވަސްވަރު އެކި ހިސާބުތަކަށް މި ވޯލްޓޭޖް ޑްރޮޕްވާތީ، އެކި ހިސާބުތަކުގެ ބިލްތައް އެކި ދުވަސްވަރު ބޮޑު މިވަނީ." އޭނާ ބުންޏެވެ.
ދާދިފަހުން 'އައްޑޫލައިވް' އަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި ރޯދަ މަސް ފެށެން ވާއިރަށް އާ އިންޖީނުތައް އިންސްޓޯލްކޮށް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިޔާލު ފާޅުކުރައްވާ 19ކޮމެންޓް
ފޭދޫ ކޮބާ؟
ހަރާންކޯރު ސަރުކާރުން އަދިވެސް ރައިޔަތުން ފެލޭތޯ ބަލަންވެގެން މިބުނަނީ ތަރައްގީޔަށް ވޯޓޫދޭށޭ … ހުވާ ކޮށްފަބުނަނަން މަގޭވޯޓޫ ޔާމީނުގެ ސަރުކާރަށް ދުވަހަކުވެސ ނުދޭން 7 ފަހަރު ހުވާކުރަން ..
ބަލަަ މީހަކު ބީތާ ނުވާނެތަ؟ ކަރަންޓް ކޭބަލް ހިމެވެގެން މިމަހުގަ އެކަނިތަ ކަރަންޓް ބިލް ބޮޑުވާންވީ … ؟
އަބުހަރީ ޒުހައިރު ކަނޑާލީ ތިޔަ ކަހަލަ ބޯހަމަނުޖެހޭ ވާހަކަ ދައްކާތީ … ކަރަންޓް ބިލް ބޮޑުވީ އައްޑޫއިން އެކަންޏެއް ނޫން … މުޅި ރާއްޖެއިން ބިލް ބޮޑުވެފައި އެބައޮތް … ސްޓެލްކޯ ހިންގާ މާލެއިން ވެސް ބޮޑުވެފައި އެބައޮތް … އެއީ އައްޑޫ ފެނަކައިން ކަރަންޓް ދޭ ތަންތަނެއް ނޫން … މިއީ ކޮންމެ އަހަރަކު މާރޗް އޭޕްރީލް މަހުގެ ހޫނު މައްޗައް ދިއުމުގެ ސަބަބުން ވާކަންކަން …
Bill boduvanee voltage fluctuate vefa, frequency maintain nukureveythee. Voltage evvarakah drop kollaafa even frequency eh ga hunna nama bill vaanee kuda
އަދިޔަސް ދޮޅަސް ހަމަ ބޯކެހިން ލާލައު އެކިއެކި ޑިރެކްޓަރ ކޭފެއި. ބޮންޑަވެގޭ ކަމަށް މީދެން. ކަރަންޓް ބިލާއު ކޭފއި ފެލަނީ. ދެން އަރައިތިބެ ބެނާށިޔެ ތަރައްގީއައު. ތަރައްގީ އޮންނެހެއް ދަމަގަ ދޭތެރެ
މިކަހަލެއި މަރަމޯލުން ރިޕޯރޓް ލެއްމެއި ލިޔޭނެއި މިކަހަލެއި އައުގުރާނަ. ބައު ގަލަން ގަޑަށް އަތިއޮތަސް ކަންކަމާއި ބެހޭ އެއްތެތތި އެނގޭ މީހުން އެކުހުން އެހި އެއްތެއްނާ ތިމާގެ ހިށި ގަމާރަކަން މީހުންނަށް ނިއެގޭހެއް. ނިކަން ކިޔަވަގެން ހިށި އިލެކްޓިކަލް އެންޖިނިއަރަކާ އެކުހުން އަހުވަފެލެ ތެކިޔެނީ ކިޔަންކާއުތައުު..
ތޭ ރީނދޫ ހުމެ ޑޮކްޓަރަކާއި ދިން ރިޕޯތަށް ދީ .. އެންމެފަހި ތަޅާލުމަށް ކަރަންޓް ބޭނުން ކެރަނީދީ .. ހިނިކު ރަތްބޮކި
ދެން އެހެންމެއި ފޭދޫ ބިލު ބޮނޑަވީ ކިޔަންވެގަން؟ މި ކަބަރި މިއޮތީ ހުސް ހިތަދޫ ވާހަކަ.
cable himavany eki dhuvasvaru eki hisabahbaa
ބަލަ ކޭބަލާ ހެމެވެނީ މި ދެމަހި އެކަނިޔާ … ދެން އެހެން މަސް މަހި ކޭބަލާ ފަލަވެގެނާއި ކަރަންޓް ބިލާ ކުދީ …. މުއައިން ހަދުވާއް ވޭޑެއު ވާ … ނުންފެހޭ ފަލަ ކޭބަލާ އޮތްތަންތަނުން ކަރަންޓް ބިލާ ބޮނޑަ ނިވެނީޔާ … މހެއުކަން ބޮލެރޮދި ކެނޑެނަސް ތެވަރަ ތަންކެޑަށް ބޮނޑަ …. ބޯ ބާގެން ބޮލެ ރީނދޫ ބޭސް ލާގަނުވާ …
they varah haamu kama miko ehen nei theh kama benanei ehtha nei current agah heun konfei theh othy dhen benaashi kerehdhiyyau
bill vaki bodeh noon mifaharuves A4 sizah othee.
Tha bodu dhe banahaa..varah royal dhee
Bunantha vaahakaeh current Bill boduvegen ulheny additional ah ekannyeh nooney, noon velidhoo ge current Bill thahvex 2 Guna ah bodu fenaka in mikan vaagotheh balaidhybala please
މި ފެހެ ބުރާންޗެއްތަ؟ ވޯޓަށް ލާރި ހޯދީ އޭބުނީމަ މާރީތިވާނެ.
ފޭދޫ އޯރކިޑް މަންޒިލް ގޭގައި ތިބެނީ ނުކުޅެދޭ ދެމައިން.އެއްގޮތަކަށްވެސް ނުހިނގޭ ދެމައިން. ބޭނުން ކުރަން ހުންނަނީ މޭޒު މަތީ ދެފަންކާ. އެކަމަކު އެއްހާސް ރުފިޔާ ބޮޑު. މީ ކިހިނެއް ވީ ކަމމެއް ބާ؟
މާލޭ 3ރުފިޔާ ޔުނިޓައް އައްޑޫ 6ރުފިޔާ ޔުނިޓައް ބިލާއެއްސައިޒަކި
ތެކަންއެނގޭނެދުވަހަކަސްއޭހެއް