ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ޕީޕީއެމް ކެންޑިޑޭޓު ޣާނިމް އަބްދުލްޣަފޫރު ބަންދު ކުރުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އެދިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ޣާނިމް ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.
ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފްކޮށްފައި ވާއިރު އެ މައްސަލައިގެ އަޑުއެހުމެއް މިހާރު ހައި ކޯޓުގައި ކުރައަށް އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޣާނިމްގެ މައްޗަށް ތުހުމަތު ކުރެވުނީ މިދިޔަ މާޗް މަހު ކާނިވާ ސަރަހައްދުގައި ގްރޫޕަކުން މީހަކާ މެދު މާރާމާރީ ހިންގިއިރު އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ.
މީގެކުރިން ސިފައިންގެ މީހަކަށް ހަމަލާދިން ކަމަށް ބުނެ ޣާނިމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ.