Last Updated: April 22, 16:27
Tuesday, April 22, 2025
ޚަބަރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސިކުނޑި ހަމަޖެހޭތޯ ބަލަނީ

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ސިކުނޑި ހަމަޖެހޭތޯ ބަލަން ޓެސްޓު ހަދަން އަމުރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަލްކަތާގެ ހައިކޯޓުގެ ފަނޑިޔާރު ޖަސްޓިސް ޗިންނަސްވާމީ ސްވާމިނަތަން މި އަމުރު ނެރެފައި ވަނީ އިންޑިޔާގެ ސްޕްރީމް ކޯޓުން އޭނާގެ ސިކުނޑީގެ ޓެސްޓުތަކެއް ހަދަން ކުރި އަމުރަކާއި ގުޅިގެންނެވެ.

ޗިންނަސްވާމީގެ ސިކުނޑިގެ ހާލަތު ވަޒަން ކުރަން އަމުރެއް ނެރުނީ އިންޑިއާގެ 20 ފަނޑިޔާރަކު ކޮރަޕްޓު ކަމަށް ބުނެ އެ މައްސަލަތައް ބަލައިދިނުމަށް ބޮޑުވަޒީރު ނަރެންދުރަ މޯޑިއަށް ސިޓީއެއް ލިޔުމާއި ގުޅިގެންނެވެ.

އެ ސިޓީ ލިޔުނު މައްސަލާގައި ޗިންނަސްވާމީ ސަސްޕެންޑުކޮށް މަސްއޫލިއްޔތުތަކުން އެއްފަރާތް ކުށްފައިވާއިރު އޭނާ މިހާރު ވަނީ ގޭގައި އަމިއްލަ ކޯޓެއް އުފައްދާފައެވެ. އެ ކޯޓުން ތަފާތު އެކި އަމުރުތައް ނެރެފައިވާއިރު، އޭނާވަނީ ސަސްޕެންޑު ކުރި މައްސަލަ ވެސް ބާތިލްކޮށްފައެވެ.

އަދި މީގެ އިތުރުން ޗިންނަސްވާމީގެ ގޭގައި ހަދާފައިވާ ކޯޓުން ވަނީ، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ގޮވާލާ އެ މީހުން ގައުމުން ބޭރަށް ފުރުން މަނާކޮށްފައެވެ.