ގއ. ވިލިނގިލީ ރައްޔިތުން ބޭއިންސާފާއި، ފިތުނަ ފަސާދައާއި ކޮރަޕްޝަނާއި ދެކޮޅަށް ކެރިގެން ނޫނެކޭ ބުނެފައިވާ ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިގޮތަށް ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
ވިލިނގިލީ ރައްޔިތުން ބޭއިންސާފާއި، ފިތުނަ ފަސާދަ އާއި ކޮރަޕްޝަނާ ދެކޮޅަށް ކެރިގެން ނޫނެކޭ ބުނެފި.
Villingili rayyithun beyinsaafaa, fithuna fasaadhayai, corruptionaa dhekolhah kerigen noonekey bunefi. Lobuvethi rayyithunah shukuru verivan
— MP Saud Villingili (@SaudVillingili) May 6, 2017
އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި ގއ.ވިލިނގިލީ ރަށު ކައުންސިލަށް ހޮވިފައިވަނީ މުޅިން ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ގއ.އަތޮޅު ކައުންސިލުގައި ވިލިނގިލި ތަމްސީލް ކުރައްވާނެ ކައުންސިލަރަކަށް ވެސް ހޮވިފައި ވަނީ އެމްޑީޕީގެ މެންބަރެެކެވެ.