އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ލަންޑަންގެ ފުޓްބޯޅަ ޓީމެއްގެ ކޯޗްކަމާ ހަވާލުވެވަޑައިގެންފި އެވެ.
އޭނާ ހަވާލުވެވަޑައިގެންފައި ވަނީ ނޮން-ލީގް ފުޓްބޯޅަ ކްލަބެއް ކަމަށްވާ ސައުންލަންޑަން ފުޓްބޯލް ނެޓްވާކް އެފްސީ (އެސްއެލްއެފްއެން) އާ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު އުފެދުނު އެ ކުލަބަކީ ކޮންޓްރެކްޓަކާ ނުލައި ބޭނުން ބަޔަކު އައިސް ޓީމާ ގުޅި ބޭނުން ދުވަސްތަކެއްގައި ކުޅުމުގެ މިނިވަންކަމާ އެކު ފުރުސަތު ހުޅުވާލާފައިވާ އޮންނަ ކްލަބެކެވެ.
ރާއްޖޭގެ ފުޓްބޯޅަ މައިދާނުގެ ބަލަކްގެ ނަމުން މަޝްހޫރު އަލީ ވަހީދު ހަވާލުވިކަން ކަށަވަރުކޮށްދީ އެ ޓީމުން ވަނީ ސޯޝަލް މީޑިޔާތަކުގެ ބަޔާނެއް ވެސް ނެރެފަ އެވެ.
ކުލަބުން ބުނީ މުގެ އާ ކޯޗު މިއަދުން ފެށިގެން މަގާމާއި ހަވާލުވާނެ ކަމަށެވެ. އަލީ ވަހީދުގެ އަތުގައި އިނގިރޭސި އެފްއޭގެ ކޯޗިން ލައިސަންސެއް އޮވެ އެވެ.
ރާއްޖޭގެ އޭނާ އެހެން މީޑިއާއަށް ބުނީ ބޭރުގެ ކުލަބަލުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ކޯޗިން ދާއިރާ އިން އެންމެ މައްޗަށް ދިޔުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ކޯޗިން ދާއިރާއަކީ އަބަދު ވެސް ވަރަށް އުޅެން ބޭނުންވި ދާއިރާއެއް. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ތަނުން މި ދާއިރާ އިން ކިޔަވައިގެން މަސައްކަތް ކުރަން ލިބުމަކީ މި ދާއިރާ އިން ކުރިޔަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އަލީ ވހީދު ބުންޏެވެ. "ބޭނުން ވަނީ ރާއްޖެ ދުއް އެންމެ މޮޅު ކޯޗަކަށް ވާން."
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަލީ ވަހީދު ވަނީ 2012-2015 އާ ހަމައަށް ނިއުރޭޑިއަންޓްގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ.
އަދި 2011 ވަނަ އަހަރު ގައުމީ ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވި އެވެ.