ފަސް ރުފިޔާގެ އާ ނޫޓު މިއަދު ދައްކާލައިފި އެވެ.
އެ ނޫޓް މިއަދު ހެނދުނު އިސްކަނދަރު ސްކޫލް އެސެމްބްލީގަ އެވެ.
އެ އެސެމްބްލީފައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވި އެވެ.
މަރުކަޒީ ބޭންކުން ބުނީ އަލަށް ނެރުނު ފަސް ރުފިޔާގެ އާ ނޫޓު ބޭނުން ކުރަން އަންނަ ޖުލައި މަހުގެ ކުރީކޮޅު ސާކިއުލޭޝަނަށް ނެރެން ނިންމާފައިވާ ކަމަށެވެ.
ފަސް ރުފިޔާގެ އާ ނޫޓަކީ މިހާރު ބޭނުން ކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެވެ.
ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ.
އެ ނޫޓްގައި ހިމެނެނީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ސިފަވާ ކަހަލަ ކުރެހުމެކެވެ.
އަދި ނޫޓުގެ ފަހަތުގައި ކުރަހާފައި ވަނީ ސަންގެކެވެ. އެއިން ދައްކައި ދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެއްކަމެވެ.
އެ ނޫޓުގައި އެހެން ނޫޓުތަކާ ތަފާތު އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ނޫޓުގެ ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެ ތެރެއިން އަނެއް ފަރާތް ފެންނަ ގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުރެ އެވެ.