އައްޑޫގެ ތައުލީމު ދޭ މުއައްސަސާތައް ސިޔާސީ ނުކުރަމާއ އެފަދަ ތަންތަނުގައި ތިއްބަބވާ ވެެރިން ވެސް ވާން ޖެހޭނީ ސިޔާސީ ގޮތުން އެއްވެސް ކޮޅަކަށް ބުރަވެފައި ނުވާ ބަޔަކަށް ކަމަށް އައްޑޫ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އޭނާ ފޭސްބުކްގައި ވިދާޅުވީ "އައްޑޫގެ ތައުލީމު އުނގަންނައިދޭ މުއައްސަސާތަކުގައި ސިޔާސީ ކުލަ ޖެހި ފާލުން ނެއްޓެން ދިއުމަކީ އައްޑޫގެ އެއްވެސް ދަރިއަކު ބޭނުން ވާނެ ގޮތެއް ނޫން" ކަމަށެވެ.
"ސްކޫލްތައް ހިންގަން ތިއްބެވި ވެރިން ވާން ޖެހޭނީ ޕޮލިޓިކަލީ ނިއުޓްރަލް ބަޔަކަށް،" ޓޮމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ރާއްޖޭގެ ނިސްބަތުން އައްޑޫގެ ސްކޫލްތަކަކީ އެންމެ ކުރީގައި އުޅޭ ސްކޫލްތައްކަން ކަށަވަރު ކަމަށެވެ.
"ސަބަބަކީ ސްކޫލްތަކުގައި އުނގަންނައި ދޭން ތިއްބެވި މުދައްރިސުންގެ ހުނަރުވެރިކަމާއި ގާބިލްކަން. އެފަދަ ބޭފުޅުން ސިޔާސީ ކުރުމުން ގައުމުގެ ކުރިމަގު ބަނަވެ، ސުލްހަ މަސަލަަސްކަން ގެއްލޭނެ." ޓޮމް ވިދާޅުވި އެވެ.