ކޮލޮމްބޯ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުން 50 ޕަސަަންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން ސާވިސެސް މޯލްޑިވްސް އިން ބުނީ އަލަށް ފެށި ޕްރޮމޯޝަނުގެ ދަށުން 50 ޕަސަންޓް ޑިސްކައުންޓާ އެކު ޓިކެޓް ވިއްކާނީ މި މަހުގެ 15 އާއި 16 ވަނަ ދުވަހު ކަމަށެވެ.
އަދި އެ ދެ ދުވަހު ނަގާ ޓިކެޓަށް މި މަހުގެ 18 އިން އަންނަ މަހުގެ 20 އާ ހަމައަށް ދަތުރު ކުރެވޭނެ ކަމަށް އޭސް އިން ބުންޏެވެ.
މި ފަހަކަށް އައިސް ސްރީ ލަންކަން އެއާލައިންސުން އަންނަނީ އަގުހެޔޮ ޓިކެޓް ލިބޭ ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.
އަދި އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވެސް ލިބެމުން އަންނަ ކަމަށް އެ އެއާލައިނުން ބުންޏެވެ.