1. މާގިނައިން ކުޑަކަމުދިއުން
ދުވާލާއި ރޭގަނޑު ވެސް އާދަޔާއި ޚިލާފަށް މާގިނައިން ކުޑަކަމުދިއުމަކީ ހަކުރު މައްޗަށް ދިއުމުގެ އެންމެ ބޮޑު އަލާމާތެވެ.
2. އަބަދުވެސް ކަރުހިއްކާފައި ހުރުން
އަބަދުވެސް މާބޮޑަށް ފެންބޮވައިގަނެފައި ހުންނަނަމަ، އޭގެ މާނައަކީ ލޭގައި ހަކުރު މާގިނަ ކަމެވެ. އޭގެ ސަބަބުން ކިޑްނީއަށް ކުރާ އަސަރު ބޮޑުވެ، ގިނައިން ފާހާނާ ކުރެވޭގޮތް ވެއެވެ. އެއާއި ގުޅިގެން ހަށިގަނޑުން ގެއްލޭ ބައި ފުއްދުމަށްޓަކައި އަނެއްކާވެސް ހުންނަނީ ފެންބޮވައިގަނެފައެވެ.
3. އާދަޔާއި ޚިލާފަށް ވަރުބަލިވުން
އަބަދު ވަރުބަލިވެފައި ހުރުމަކީ ވެސް ހަކުރު މައްޗަށް ދިޔަ ކަމުގެ އަލާމާތެކެވެ. އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވެއްޖެނަމަ، އޭގެ މާނައަކީ ސެލްތަކަށް ބޭނުންވާ މިންވަރަށް ހަކުރު ނުލިބޭކަމެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް އަސަރު ކުރެއެވެ. އަދި މީހާ ވަރުބަލި ކުރުވައެވެ.
4. އަނގަތެރެ ހިކިފައި ހުރުން
މާގިނައިން ކުޑަކަމުދިއުމުގެ ސަބަބުން ހަށިގަނޑު ޑީހައިޑްރޭޓް ވާނެއެވެ. އޭގެ ސަބަބުން އަނގަތެރެ ވެސް ހުންނާނީ ހިކިފައެވެ.
5. ކަންކަމަށް ސަމާލުކަން ދޭން ދަތިވުން
ވަރިބަލި ވުމުގެ ސަބަބުން ކަންކަމަށް ސަމާލުކަން ދެވޭ މިންވަރުވެސް ދަށްވާނެ އެވެ. އޭގެ ސަބަބުން އާންމުކޮށް އަވަހަށް ކުރެވޭ މަސައްކަތްތައް ވެސް ނިންމަން މާގިނައިރު ނަގާނެއެވެ.
6. ލޮލުގެ ފެނުން ނުސާފުވުން
ހަކުރު މަތިވުމުގެ ސަބަބުން ލޮލުގެ ލެންސް ދުޅަވެއެވެ. އޭގެ ސަބަބުން ސާފުކޮށް ފެނުމަށް ހުރަސް އަޅައެވެ.
7. އާދަޔާއި ޚިލާފަށް ބަނޑުހައިވުން
ހަކުރު މައްޗަށް ދިއުމުގެ ސަބަބުން ކާއެއްޗެހި ހަކަތައަށް ބަދަލު ކުރުމަށް ހުރަސް އެޅެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ގްލުކޯސް ނުލިބެއެވެ. އަދި މީހާއަށް ބަނޑުހައިހޫނުކަމުގެ އިހުސާސް މާބޮޑަށް ކުރެވެއެވެ.
8. ބަލިތަކުން ރަނގާޅުވާލެއް ލަސްވުން
ހަކުރު މައްޗަށް ދިއުމުގެ ސަބަބުން ހިތަށާއި، ލޭހޮޅިތަކާއި އެހެނިހެން ނާރުތަކަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. އޭގެ ސަބަބުން ބަލިވެއްޖެނަމަ، އެބައްޔަކުން ރަނގަޅުވުން ލަސްވެއެވެ.
9. އަތާއި ފައި ދުޅަވެ އައްސިވުން
ހަކުރު ބައްޔަކީ ލޭހޮޅިތަކާއި ނާރުތަކަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ބައްޔެކެވެ. އޭގެ ސަބަބުން އަތާއި ފައި އައްސިވެ ދުޅަވެގެން ދެއެވެ.
10. ބަނޑުގެ މައްސަލަތައް
ހަކުރު މައްޗަށް ދިއުމުގެ ސަބަބުން ހަށިގަނޑުގެ ހަޖަމު ކުރުމުގެ ބާރަށް ނޭދެވޭ އަސަރުތައް ކުރެއެވެ.
11. ކުއްލިއަކަށް ބަރުދަން ލުއިވުން
އެއްވެސް ސަބަބަކާއި ނުލައި ބަރުދަން ލުއިވެއްޖެނަމަ، ފަހަރެއްގައި އެއީ ހަކުރު މައްޗަށް ދިއުމުގެ ސަބަބުން ކަމަށްވެސް ވެދާނެ އެވެ.