Last Updated: November 27, 21:29
Wednesday, November 27, 2024
ރިޕޯޓް

އުމުރު ދިގުވާނީ ކޯޗެއް ކައިގެން؟

1. ތަރުކާރީ އާއި މޭވާ

ދުވާލެއްގެ މައްޗަށް މަދުވެގެން ތަރުކާރީ އާއި މޭވާގެ ފަސް ބާވަތެއް ކާން މަސައްކަތް ކުރާށެވެ. އޭގެ ސަބަބުން ހިތުގެ ބަލި، ސްޓްރޯކް އަދި ކެންސަރު ޖެހުމުން ދުރުހެލިވެގެން ދާނެއެވެ.

2. ޔޯގަޓް

ލޯ-ފެޓް ޔޯގަޓް ކޮންމެ ދުވަހަކުވެސް ކާށެވެ. އޭގައި ގިނަ އަދަދަކަށް ޕްރޯބައޮޓިކްތައް އެކުލެވިގެން ވެއެވެ. އެއީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެކެވެ.

3. ކަނޑު މަސް

ރޭގަނޑު ކެއުމުގައި ހަފްތާއަކު ދެތިން ފަހަރު ކަނޑުމަސް ބޭނުންކުރާށެވެ. ހަފްތާއަކު އެއްފަހަރު ތެލުލި މަސް ކާށެވެ. ތެލުލި މަހަކީ އޭގައި އެކި ބަލިތަކުގެ ސަބަބުން ކުރިމަތިވާ އިންފްލެމޭޝަންގެ މައްސަލައަށް އޮތް ހައްލެއް ކަމަށްވާ އޮމެގާ-3 ފެޓީ އެސިޑް އެކުލެވިގެންވާ އެއްޗެކެވެ.

4. ފައިބާ

ގިނައިން ފައިބާ ހުންނަ އެއްޗެހި ކާށެވެ. ދުވާލެއްގެ މައްޗަށް މަދުވެގެން 25 ގްރާމްގެ ފައިބާ ހަށިގަނޑަށް ހޯދައިދޭށެވެ. އެގޮތުން މޭވާއާއި ތަރުކާރީ އާއި ހޯލް ގްރެއިން އެއްޗެހީގައި ފައިބާ ހިމެނިގެންވެއެވެ. ނޭޝަނަލް ކެންސާ އިންސްޓިޓިއުޓްގެ ދިރާސާވެރިން ބުނާ ގޮތުގައި ގިނައިން ފައިބާ ހުންނަ އެއްޗެހި ކެއުމަކީ އެއްވެސް ކަމަކާއި ލައިގެން މަރުވުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށެވެ.

5. ނަޓްސް

ޕިސްޓާޗިއޯ އާއި ވޮލްނަޓް ފަދަ މަދުތައް ކާށެވެ. ދުވާލެއްގެ މައްޗަށް ½ ޖޯޑް މަދު ކެއުމުން ރަނގަޅުވާނެއެވެ.