ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ބްރޮކޮލީއަކީ ވަރަށް ފައިދާ ހުރި ބާވަތެކެވެ. ދިވެހިންގެ ތެރޭގައި މި ތަރުކާރީ ބޭނުން ކުރުން އަދިވެސް އެހާ އާންމު ނޫން ނަމަވެސް، މިއީ ނުކައި ދޫކޮށްލާ ވަރުގެ ތަރުކާރީއެއް ނޫނެވެ. މީރުވެފައި ފައިދާތައް ވެސް ބައިވަރެވެ.
އެހެންވެ ކެއުމުގެ ތެރޭގައި ކެރެޓާއި ކެބްޖް ފަދަ ބާވަތްތައް ބޭނުން ކުރާ ގޮތަށް ބްރޮކޮލ؛ީ ބޭނުން ކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކުރެވިދާނެ ވަރަށް މުހިއްމުކަމެވެ.
އެހެންވެ މި ތަރުކާރީގެ ފައިދާތަކަށް ކޮންމެ ވެސް ވަރަކަށް ބަލައިލަމާ ހިނގާށެވެ.
* ކެންސަރާއި ދުރުކޮށްދޭ
ބްރޮކޮލީގައި ކެންސަރާއި ހަނގުރާމަކޮށްދޭ އަދި ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދޭ ގިނަ މާއްދާތަކެއް އެކުލެވިގެން ވެއެވެ. ބްރޮކޮލީގެ އިތުރުން ކޯލީފްލާވާ އާއި ކެބެޖަކީ ވެސް އެފައިދާ ލިއްބައިދޭ ފެހި ތަރުކާރީގެ ބާވަތްތަކެވެ.
* ކޮލެސްޓްރޯލް ދަށްކޮށްދޭ
ވަރަށް ގިނަ އެހެނިހެން ތަރުކާރީތަކެކޭ އެއްފަދައިން ބްރޮކޮލީގައި ގިނަ އަދަދަކަށް ސޮލިއުބަލް ފައިބާ ހިމެނިގެން ވެއެވެ. ސޮލިއުބަލް ފައިބާ އަކީ ހަށިގަނޑުން ކޮލެސްޓްރޯލް ނައްތާލަދޭ މާއްދާއެކެވެ.
* އެލާޖިކް ރިއެކްޝަންތައް މަދުކޮށްދޭ
ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ބްރޮކޮލީގައި ހިމެނޭ ކެމްޕްފެރޯލް އަކީ އެލާޖީތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތައް ކުޑަކޮށްދޭ މާއްދާއެކެވެ. އަދި ހަމަ އެހެންމެ ބްރޮކޮލީގައި ކޮންމެވެސް ވަރަކަށް އޮމެގާ-3 ފެޓީ އެސިޑްސް ވެސް ހިމެނިގެންވެއެވެ. އެއީ އެންޓި-އިންފްލެމޭޓަރީ މާއްދާއެކެވެ.
* ބާރުގަދަ އެންޓިއޮކްސިޑެންޓެއް
ބްރޮކޮލީ އަކީ އެންމެ ގިނައިން ވިޓަމިން ސީ އާއި ވިޓަމިން ސީ ރީސައިކަލް ކުރުމަށް ބޭނުންވާ ފްލެވޮނޮއިޑްތައް ހިމެނިގެންވާ އެއް ތަރުކާރީ އެވެ. މީގެ އިތުރުން ބްރޮކޮލީގައި ލޫޓިން، ޒިއެކްސެންތިން އަދި ބީޓާ ކެރޮޓިން ފަދަ ކެރޮޓިނޮއިޑްތައް ހިމެނިގެން ވެއެވެ. މިއީ ހުސް ހަށިގަނޑަށް ފައިދާހުރި ބާރުގަދަ އެންޓިއޮކްސިޑެންޓްތަކެވެ.
* ހިތުގެ ސިއްޙަތަށް ރަނގަޅު
ބްރޮކޮލީގައި ހިމެނޭ އައިސޯތައޯސައިނޭޓެއް ކަމަށްވާ ސަލްފަރޯފޭން އަކީ އެންޓި-އިންފްލެމޭޓާރީ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެއީ ދާއިމީ ހަކުރު ބަލީގެ ސަބަބުން ލޭހޮޅިތަކަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކޮށްދީ، ކުރިއަށް އޮތް ތަނުގައި އެކަންތައްތަކުން ސަލާމަތްކޮށްދޭ އެއްޗެކެވެ.
* ކަށި ވަރުގަދަކޮށްދޭ
ކަށީގެ ސިއްޙަތަށް ރަނގަޅު އަދި އޮސްޓިއޮޕޯރެސިސް އިން ރައްކާތެރިކޮށްދޭ މާއްދާތައް ކަމަށްވާ ކެލްސިއަމް އާއި ވިޓަމިން ކޭ ގިނަ އަދަދަކަށް ބްރޮކޮލީގައި އެކުލެވިގެންވެއެވެ.
* ހަޖަމު ކުރުމަށް ފަސޭހަކޮށްދޭ
ބްރޮކޮލީގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިގެން ވެއެވެ. އެއީ ހަޖަމްކުރުމުގައި އެހީތެރިވެދީ، ބަނޑުހަރުވުމުން ސަލާމަތްކޮށްދޭ އަދި ހަކުރު މައްޗަށް ދިއުމުން ހުއްޓުވައިދޭ މާއްދާއެކެވެ. މީގެ އިތުރުން ފައިބާގެ ސަބަބުން ގިނަ ވަގުތު ބަނޑުފުރިފައި ހުންނާނެ އެވެ. އެއިރުން އެހާ ގިނައިން ނުކެވޭނެ އެވެ.
އެއް ޖޯޑް ބްރޮކޮލީގައި އެއް ޖޯޑް ބަތުގައި ހުންނަ މިންވަރަށް ޕްރޮޓީން ހިމެނެއެވެ. އަދި އެއް ޖޯޑް ބަތަށްވުރެ އެއް ޖޯޑް ބްރޮކޮލީގައި ހިމެނެއެވެ.