ރޯދަ މަހު މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގޯދިއްޔާ ފުޓްސަލް ކަޕްގެ މި ފަހަރުގެ ޓައިޓްލް ސްޕޮންސަރަކަށް ވީބީ ބްރަދާސް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާގައި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލް ކުރަމުން އަންނަ ވީބީ ބްރަދާސްއިން މުބާރާތުގެ ޓައިޓްލް ސްޕޮންސަރުކަން ނެގި އިރު މުބާރާތުގެ މީޑިއާ ޕާޓްނާ އަދި ކޭޓަރިން ޕާޓްނަރު ވަނީ ހަމަޖައްސައިފަ އެވެ.
މުބާރާތުގެ މީޑިއާކަންކަން ތާޒާކަމާ އެކު ކިއުންތެރިންނާ ހަމައަށް ގެނެސްދޭނީ "އައްޑޫ ލައިވް" އިންނެވެ.
ޖުމްލަ 20 ޓީމް ވާދަ ކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ގޯދިއްޔާއިން މި ފަހަރު ހުށަހަޅާފައި ވަނީ 80،000ރ. ގެ ފައިސާގެ އިނާމެވެ.
އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ގޯދިއްޔާ އިން ދަނީ ތައްޔާރުވަމުންނެވެ.
އެތައް ހާސް ބަޔަކު ކުޅިބަލަންދާ މި މުބާރާތުގެ އެންމެ ފަހުގެ އަޕްޑޭޓް ގެނެސް ދިނުމަށް ހާއްސަ ޕޭޖެއް އައްޑޫ ލައިވްގައި ގާއިމް ކުރެވިގެންދާ އިރު މުބާރާތުގެ ފޯރި ގަދަ ކުރުމުގެ ގޮތުން އެކި ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.