Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ވީބީ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގުރުލުން މިރޭ

ރޯދަ މަހު މަރަދޫގައި ބާއްވާ ވީބީ ގޯދިއްޔާ ފުޓްސަލް ކަޕްގެ ގުރުލުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ގޯދިއްޔާއިން ނިންމައިފިއެވެ.

މި މުބާރާތުގެ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި މަރަދޫ ބޮޑޮގޭގައެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކު މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގޯދިއްޔާ ފުޓްސަލް ކަޕް މުބާރާތުގެ މި އަހަރު ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް އެޖަމިއްޔާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޖޫން 2 ވަނަ ދުވަހުން ފެށިގެން ޖޫން 24 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 20 ޓީމެއް ވާދަ ކުރާނެއެވެ.

އެއީ އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 17 ޓީމާއި ދައުވަތު ދީގެން މުބާރާތުގައި ބައިވެރިކޮށްފައިވާ 3 ޓީމެވެ. މިފަހަރުގެ މުބާރާތް ކާމިޔާބް ކުރާ ޓީމަކަށް 80،000ރ. ގޯދިއްޔާއިން ވަނީ ހުށަހަޅައިފައެވެ.

މިމުބާރާތުގެ ޓައިޓްލް ސްޕޮންސާރ އަކީ ވީބީ ބްރަދާސްއެވެ. މީޑިއާ ޕާޓްނާ އަކީ އައްޑޫލައިވްއެވެ. ކޭޓަރިން ޕާޓްނާގެ ގޮތުގައި ހަމަޖައްސާފައިވަނީ މަރަދޫ "ކިއުކޯނާރ"އެވެ. އަދި މި އަހަރުގެ މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ސްރީލަންކަން އެވެ.