އައްޑޫ ސިޓީ ކައުންސިލުން ހަރަދުކޮށްގެން އައްޑޫގެ ބައެއް އަވަށްތަކުގައި ފަތާ ޓްރެކް އަޅަން ހިންގި މަޝްރޫއުގެ ދަށުން ހުޅުމީދޫގައި ޓްރެކް އަޅައި ބޭނުން ކުރަން ފަށައިފި އެވެ.
ހުޅުމީދޫގެ ޓްރެކް އަޅާފައި މި ވަނީ ޓްރެކް އަޅަން ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
ކައުންސިލުން ހިތަދު އާއި މަރަދޫގައި އެޅި ޓްރެކްތައް ގިނަ ބަޔަކު މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. އެ ޓްރެކްތައް އެޅީ 2015 ގަ އެވެ.
ހުޅުމީދޫގައި އަޅަން ގެންދިތަ ޓްރެކް ނާޅައި، ހުޅުދޫ އަވަށު އޮފީހުގެ ގޯތިތެރޭގައި އޮންނަތާ އެތައް ދުވަހެއް ފަހުން ޓްރެކް އަޅައި ނިންމާލީ އިއްޔެ އެވެ.
އެ އަވަށު ޓްރެކް ނާޅައި ލަސްކޮށްފައިވާތީ ދާދި ފަހުން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ދައުރު ހަމަވާ އިރު ވެސް ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) އަށް ޓްރެކް އެޅިފައި ނުވާ ކަމަށް ވިދާޅުވެ އައްދު އަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.
އައްދުގެ ބެލުމުގެ ދަށުން ޓްރެކް އެންމެ ފަހުން އަޅައި ނިންމާލި އިރު، ހުޅުދޫ ކައުންސިލަރުގެ މަގާމަށް ޕީޕީއެމް ޓިކެޓްގައި ވާދަކޮށްގެން އައްދު އަށް ވަނީ ގޮނޑި ވެސް ގެއްލިފަ އެވެ.