އަރުޖުން ކަޕޫރް ބޮލީވުޑަށް ނިކުތް ފިލްމް "އިޝަގްޒާދޭ" ގެ ބަތަލާއަކީ ޕަރިތިނީ ޗޯޕްޅާ އެވެ. އެކަމަކު 2012 ވަނަ އަހަރު ރިލީޒް ކުރި އެ ފިލްމަށް ފަހު، އެ ދެ މީހުން އެކުގައި މިހާތަނަށް އެއްވެސް ފިލްމެއް ނުކުޅެފަ އެެވެ.
އެހެންވެ އަރުޖުން އާއި ޕަރިނީތީގެ ޖޯޑް އެކުގައި ސްކްރީނުން އަލުން ބަލާލަން ބޭނުން އެތައް ބަޔަކު ތިބީ، އެ ދެ މީހުންގެ ފިލްމަކަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.
މިހާރު އަޑުތައް އިވޭ ގޮތުން ޒުވާން ދެ ތަރިން ވަނީ އާ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެއީ ދިބާކަރް ބެނަޖީ އަލަށް މަަސައްކަތް ފަށާ ފިލްމެވެ.
އެ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން ދިބާކަރްގެ ފިލްމްގައި އަރުޖުން ފެނިގެން ދާނީ ހަރިއާންވީ ފުލުހެއްގެ ރޯލުންނެވެ. އަދި ޕަރިނީ ކުޅެނީ ކޮން ކަހަލަ ކެރެކްޓާއެއް ކަމެއް ނޭނގެ އެވެ.
މި އުތުރު އިންޑިއާގައި މަންޒަރުތައް ނަގާ ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ.
މިހާރު ސިނަމާގައި އޮތް "ހާފް ގާލްފްރެންޑް" އަށް އަރުޖުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޭނާ ޑަބަލް ރޯލެއް ކުޅެފައިވާ "މުބާރަކަން" އިންނެވެ.
ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ޕަރިނީތީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މާ ބޮޑު ކާމިޔާބީއެއް ނުލިބުނު "މޭރީ ޕިޔާރީ ބިންދޫ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ގޯލްމާލް އެގެއިން" އެވެ.