Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ވެލާ ޓީމް އައްޑު އަށް އަތުވެއްޖެ

ގޯދިއްޔާ ފުޓްސަލް ކަޕްގައި ބައިވެރިވާ ވެލާ ޕްރައިވެޓް އައިލެންޑްގެ ޓީމު ރޭ އައްޑު އަށް އަތުވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ވެލާ ޓީމު އައްޑު އަށް އައިސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

މުބާރާތަށް ޓީމް އާ ނަމަވެސް ޓީމްގެ ކުޅުންތެރިންނަށް މި މުބާރާތަކީ ބީރައްޓެހި މުބާރާތެއް ނޫނެވެ.

ޓީމްގެ މެނޭޖަރު މުހައްމަދު ނިހާދު (ނިއްދެ) ބުނެފައި ވަނީ ޓީމުގެ ކުޅުންތެރިންގެ އެއްބައިވަންތަކަމަކީ މި ފަހަރުގެ މުބާރާތް ކާމިޔާބުކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

ރާއްޖޭގެ ފުޓްސަލްގެ ތަޖުރިބާކާރު މޮޅު ކުޅުންތެރިން ވެލާ ޓީމްގައި ހިމެނޭ އިރު ޓީމު ހިމެނެނީ ގްރޫޕް އޭ ގަ އެވެ.

މި ގްރޫޕްގައި އެންމެ ފަހުގެ ޗެމްޕިއަން ހަބޭސް އާއި ކުލަބު މަރަދޫގެ އިތުރުން ކަސިންސް އެފްސީ އާއި އެސްއެމްޓީ ހިމެނެ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މުބާރާތުގެ އެންމެ ވާދަވެރި އެއް ގްރޫޕަށް ވާނީ ގްރޫޕް އޭ އެވެ.