Last Updated: November 24, 23:51
Sunday, November 24, 2024
މުނިފޫހިފިލުވުން

ރިތިކްގެ މަރާޓީ ފިލްމްގެ ޓްރެއިލާ މިއޮތީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން މުހިއްމު ރޯލެއް ކުޅެފައިވާ މަރާޓީ ފިލްމް "ރުދުޔަންތަރު" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ވިކްރަމ ޕަދްނިސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަންނަ ޖުލައި މަހުގެ 7 ގައި ރިލީޒް ކުރާ "ރުދުޔަންތަރު" ގައި ރިތިކާ އެކު މުހިއްމު ރޯލްތަކުން މަރާޓީ އެކްޓަރުން ކަމަށްވާ ސްބޯދް ބާވޭ އާއި މުކްތާ ބަރްވޭ އަދި މަޝްހޫރު ޓީވީ ހޯސްޓް މަނީޝް ޕޯލް ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމުގެ ޓްރެއިލާ ލޯންޗް ކުރުމަށް ފަހު، ރިތިކް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ފިލްމް ވަރަށް ގަދަ އަށް ޕްރޮމޯޓް ކުރަމުންނެވެ.

މިއީ "ކަހޯނާ ޕިޔާރް ހޭ" އިން 2000 ވަނަ އަހަރު ބޮލީވުޑަށް ނިކތް ރިތިކް އިންޑިއާގެ ރީޖަނަލް ސިނަމާގެ ފިލްމެއް ކުޅުނު ފުރަތަމަ ފަހަރެވެ.

އޭނާގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމަކީ "ކާބިލް" އެވެ.