Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ސައުތު ބްލޫޒް: އެއްޗަކީ ކޯޗް ސަޑޭގެ ތަޖުރިބާ

މިއީ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ކޮމާންޑުގެ ސައުތް ބްލޫސް ޓީމުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ 80 ޕަސެންޓަކީ، އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނެވެ. މީގެ އިތުރުން ފޭދޫ އަދި މަރަދޫގެ ކުޅުންތެރިޔަކު ވެސް މި ޓީމުގައި ވަނީ ހިމަނާފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ސައުތް ބްލޫސްގެ އޮފިޝަލަކު ބުނީ ދިމާވި އެކި ސަބަބުތަކާއި ހުރެ އެންމެ ބޭނުންވި މިންވަރަށް ތައްޔާރު ނުވެވުނު ކަމަށެވެ. އެހެން ނަމަވެސް މި ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި ކޯޗަށް އިތުބާރު އެބައޮތް ކަމަށެވެ.

"އެންމެ ބޮޑަށް ކުރިމަތިވި މައްސަލައަކީ ޕްރެކްޓިސް ކުރާނެ ތަނެއް ނުލިބުން، ދެން ޓީމް ވަރުގަދަ ކުރަން ކުރިން ވިސްނިގޮތަށް އެކަމެއް ނުދިޔަ، އެކަމަކުވެސް ޓީމް ވަރުގަދަ ވާނެ"

ސައުތް ބްލޫސްގެ ކޯޗަކީ، އައްޑޫގައި ބޭއްވި ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކުގައި އެކި ޓީމުތައް ގޮވައިގެން ނުކުމެ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗް މުހައްމަދް ސައީދު (ސަޑޭ) އެވެ.

ސައުތު ބްލޫސް ހިމެނެނީ ގްރޫޕް ޑީގައެވެ. އެގްރޫޕްގައި ހިމެނެނީ ސައުތު ބްލޫސްގެ އިތުރުން ފޭދޫ ފްރެންޑްސް ކްލަބް އާއި ހިތަދޫ ޒެފިއާ އަދި ފޭދޫ ލޮނަ އެފްސީގެ އިތުރުން މަރަދޫ މާކަރީ ޔުނައިޓެޑްއެވެ.

ކިތަންމެ ވަރުގަދަ ގްރޫޕެއްގައި ލައްވާލި ނަމަވެސް ސައުތު ބުލޫސްގެ އިން ތިބީ ރަގަޅު ނަތީޖާއެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އެ ޓީމުގެ ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނަޅައި ދިއުމެވެ.

ޓީމްގެ ކޯޗާއި ކުޅުންތެރިންގެ ކިބައިގައި އެ ފެންވަރު ހުރިކަމަށް ޓީމްގެ މެނޭޖްމަންޓުން ގަބޫލުކުރެއެވެ.