Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ލޮނަ އެފްސީ: ތަފާތަކީ މިއީ "ލޮނަށްވުން"

މިއަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވާދަކުރާ ފޭދޫ، ލޮނަ އެފްސީ ނަމަކީ މުބާރާތަށް އާ ނަމެކެވެ. ނަމަވެސް ޓީމްގެ އަމާޒަކީ މުބާރާތުގެ ތަށި އުފުލާލުމެވެ. އެހެންވެ ޓީމަށް މިވަނީ ރާއްޖޭގައި ތިބި އެންމެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ގެނެސްފައެވެ.

ލޮނަ އެފްސީއިން ވަނީ 2017 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ލިޔާހު ޓީމަށް ގެނެސްފައެވެ.

ލިޔާހު، ކްލަބް މޯލްޑިވްސްގެ އެންމެ މޮޅު ކުޅުންތެރިޔާ، މިފަހަރު ފެނިގެންދާނީ އެފްސީ ލޮނޮއިން

ލިޔާހުގެ އިތުރުން ކޭބީ އިއްބެ، ޝާއްޕޭ، އަކޫ އަދި ޔާންޓޭ އަކީ ޓީމުގެ މުހިއްމު ތަރިންނެވެ. އެ ތަރިންނާއި އެކު ޓީމްގެ ކޯޗެއްގެ ގޮތުގައި ފެންނާނީ އަލީ ހަނީޒު (ބޮއްކާ)އެވެ.

"މުބާރާތުގައި ވާދަކުރާ ޓީމުތަކަށާއި އަދި ސަޕޯޓަރުންނަށް މި ޓީމުން ދޭ މެސެޖަކީ މިއީއެވެ. ލޮނަށް ވީމާ ވަރަށް ތަފާތުވާނެއެވެ."

ލޮނަ އެފްސީ ހިމެނެނީ ގްރޫޕް ޑީގައެެވެ. ލޮނޮ އެފްސީގެ ފުރަތަމަ މެޗް ޖޫން 4 ވަނަ ދުވަހުގެ ރޭ 11 ޖަހާއިރު ކުޅޭނީ ހިތަދޫ އެފްސީ ޒެފިއާ އާއި ދެކޮޅަށެވެ.