ރީތިވުމަށް މީހަކު ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟
ޔޫޓިއުބާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާތަކުން މިހާރު އެންމެ ގިނައިން ފެންނަ އެއް މަންޒަރަކީ ކަޅު ޕީލް އޯފް މާސްކެއް ނައްޓާތަނެވެ. އަދި މި މާސްކު ނައްޓާލުމުން މޫނަށް އައިސްފައިވާ ތަޒާ ކަން ދައްކާލާ ތަނެވެ. ގިނަ މީހުން މި މާސްކު ސިފަ ކުރަނީ ޖާދޫއެއް ގޮތަށެވެ. އަދި މިވަރުން ނިމުނީކީނޫނެވެ. ބަޒާރަށް މި މާސްކު ނިކުތީ އެތަށް ގިނަ ވައުދަކާއެކުއެވެ. ކަޅުކުލައިގައި މި މާސްކު ހެދިފައިވާ ކަމުގެ ސިއްރަކީ މާސްކުގެ ބޮޑުބަޔަކީ ޗާރކޯލް ކިޔާ މައްދާއެއްކަމަށް ވާތީއެވެ.
ކުރުގޮތަކަށް ބުނާނަމަ މާސްކު މަސަތްކަށް ކުރަނީ މިހެނެންނެވެ. މާކް މޫނުގާ ހާކާލުމަށްފަހު ނައްޓާލާނީއެވެ. އެހާވެސް ފަސޭހައެވެ. ނަމަވެސް މާސްކު ނައްޓާލުމުގައި ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ މައްސަލައެއް ނޫންކަމާއި ތަދުވާޖެހޭނެކަމަށް މިމާސްކް އީޖާދުރިފަރާތުން ބުނެއެވެ.
ކަން މިހެން އޮތްއިރު ތަދުވުން އެކަނިވެސް މިއީ ހާސްވާންޖެހޭ ކަމެއް ކަމަށް މެޓްރޯ އޮންލައިން ލިޔަމުން އަންނަ އެލެން ސްކޮޓު ބުނެއެވެ. އަދި މިއަށްވުރެ ހާސް ވާންޖެހޭ ކަމަކީ މި މާސްކުގެ ސަބަބުން މީހުން އަމިއްލައަށް ތެރަސް ފަދަ ބާވައްތަތް ބޭނުން ކޮށްގެން މިފަދަ މާސްކު ހަދާކެމެވެ.
މިއީ ހަންގަނޑަށް ވަރަށް ނުރައްކާތެރިކަމެކެވެ. މިގޮތަށް ޕީލް އޯފް މާސްކް ބޭނުން ކުރުމުން އެނެއްޓެނީ އިސްތައްޓާއި ހަންގަނޑުގެ ބޭރު ފަށަލައެވެ. ހަންގަނޑު އެހާ އޮމާނީ އެހެން ވުމުގެ ސަބަބުންނެވެ. ނަމަވެސް މީގެ
ސަބަބުން ހަންގަނޑު އަލުން ހެދެން ލަސްވެ އެކި ކަހަލަ ޖަރާސީމު އަދި ހިރަފުހަށް ހަންގަނޑު ހުޅުވިގެން ދެއެވެ.
އަދި މޫނަށް ފައިދާ ހުރި ބެކްޓީރިއާ ވެސް ގެއްލިގެންދެއެވެ. އެންމެ ބޮޑު އެއްލުމެއް ވަނީ މޫނުގައި ހުންނަ ކުދި އިސްތަށި ތަކާއެއްކޮށް ތެޔޮ ފަށަލަވެސް ދާތީއެވެ.
މި ސަބަބު ތަކާއި ހުރެ އެންމެ ރަނގަޅީ ފޭސް ވޮޝް ނުވަތަ ފޭސް ކުލެންޒާ ފަދަ ތަކެތި ބޭނުން ކޮށްގެން މޫނު ރީތި ކުރުމެވެ.