Last Updated: March 12, 18:01
Wednesday, March 12, 2025
ކުޅިވަރު

ޑީސީ ސްޕޯޓްސް: ވަރަށް ޒުވާން ސްކޮޑަކާ އެކު

މީގެ ކުރިން އައްޑޫގައި ބޭއްވި މުބާރާތެއްގައި ވާދަކުރި ޑީސީ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން.

ގޯދިއްޔާ ފުޓްސަލް މުބާރާތާއި ކުރިމަތިލާއިރު ޑީސީ ސްޕޯޓްސް ކްލަބްގެ އެންމެ ބޮޑު ހިތްވަރަކީ، ދާދިފަހުން ބޭއްވި ސްޓްރީޓް ސޮކަރ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ގިނަ ކުޅުންތެެރިން އެ ޓީމުގައި ތިބުމެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު އައްޑޫގައި ބޭއްވި ސްޓީރީޓް ސޮކަރ މުބާރާތުގައި ހުނަރުވެރި ކުޅުމެއް ދެއްކި ހުސައިން އުސައިދު ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ގޯދިއްޔާ ފުޓްސަލް މުބާރާތްތަކުގައި ހުނަރުވެރި ކުޅުމެއް ދައްކާފައިވާ، ބައެއް ކުޅުންތެރިން ވެސް އެޓީމުގައި ހިމެނެއެވެ. އޭގެ ތެރޭގައި މަރަދޫ ޒިލޯން އަށް ކުޅުނު ރޮނާ އާއި ބަގޭ ހިމެނެއެވެ.

ޑީސީ ސްޕޯޓްސް ކްލަބްގެ ގޯލް ބަލަހައްޓާނީ، ކްލަބް މޯލްޑިވްސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އެމްއާރްޑީސީ އަށް ހޯދައިދިނުމަށް މުހިއްމު ދައުރެއް އަދާކުރި އަބްދުﷲ ޒިޔާންއެވެ.

ޓީމުގެ ކޯޗަކީ، މީގެކުރިން ވެސް ޓީމާއި އެކު މަސައްކަތް ކޮށްފައިވާ ހަސަން ރަޝީދު(ހަޓޭލާ)އެވެ. އެސިސްޓެންޓް ކޯޗަކީ ނަދީމެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ޓީމުގެ އޮފިޝަލަކު ބުނީ، މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި ރަނގަޅު ފައިޓެއް ދޭނެ ކަމަށެވެ.

"ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް. ވަރަށް ރަނގަޅަށް ތައްޔާރުވެ ޓީމު މިއޮތީ. ރަނގަޅު ފައިޓެއް ދޭނެ މި ޓީމުން."

ޑީސީ ސްޕޯޓްސް ކްލަބްގެ ފުރަތަމަ މެޗްގައި މާދަމާ ރޭ ނިކުންނާނީ ހިތަދޫ އަށް ނިސްބަތްވާ އެފްސީ ބޭރުމަތި އާއި ދެކޮޅަށެވެ. އެ މެޗް ފަށާނީ މާދަމާ ރޭ 10:30 ގައެވެ.