Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ޒެފިޔާ: ޒުވާން ކުޅުންތެރިންނާ އެކު ރީތި ކުޅުމަކަށް

ޒެފިޔަރ ސްޕޯޓްސް ކުލަބަކީ ގޯދިއްޔާ ފުޓްސެލް ކަޕަށް އާޓީމެއް ނޫނެވެ. ދެހާސް ދިހަ ވަނަ އަހަރު ޗެމްޕިޔަން ކަން ހޯދައި ކޮންމެ އަހަރަކުވެސް ވާދަ ކުރަމުން އަންނަ ފުޓްސެލް އަށް ހިތަދޫ އިން ނަގާ ކިޔާލެވޭނެ އެންމެ މޮޅު އެއްޓީމެވެ.

ޓީމްގައި ތަޖުރިބާ ގިނަ ރާއްޖޭގެ ނިސްބަތުން މޮޅެތި ކުޅުންތެރިން ހިމެނެވެ. ޓީމް ގެ މެނޭޖަރ ސިނާ ބުނީ މިފަހަރު ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޓީމްގެ ފޯވަރޑު އާލިއްޕޭ އައި ޓީމްގެ ފަހަތަށް ކުޅޭ އިރުފާން(ޒެފިޔަރ މެސީ) ޓީމް ދޫކޮށް ދިޔުން ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ލިބުނު ފޫނު ބެއްދޭވަރުގެ ބޮޑު ގެއްލުމެއް."

އާލިއްޕޭ އާއި ޒެފިއާ މެސީ ދިުއުމން ޓީމް ވަރުގަދަ ކުރުމަށް މިފަހަރު ވަނީ ރަށުން ބޭރު ދެ ކުޅުންތެރިޔަކު ޓީމަށް ގެނެސްފައެވެ. އެއީ ދެވަނަ ޑިވިޝަންގެ ދަ ގޭންގަށް މިސީޒަންގައި މޮޅު ކުޅުމެއްދެއްކި، އަދި ޖޫނިޔަރ ލެވެލްގައި ރާއްޖެ ތަމްސީލް ކޮށްފައިވާ، އިސްމާއިލް ނަސީމް(ބޯވަ) އާއި، ޓީމްގެ ގޯލް ބެލެހެއްޓުމަށް ސައުތު މާލެ ރިސޯޓް ފުޓުސެލް މުބާރާތުގެ އެންމެ މޮޅު ކީޕަރ ޖޯން އެވެ.

ޒެފިޔަރ ޓީމަށް ބަލާއިރު ޓީމުން އެންމެ ފާހަގަ ކޮށްލެވޭ، އަދި އެންމެ ރަގަޅު ފޯމެއްގައި ހުރި އެއްކުޅުންތެރިޔަކީ ނިމިދިޔަ ސައުތު މާލެ ރިސޯޓް ފުޓުސެލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ޒެފިޔަރ އެޓޫ އެވެ.

ޓީމްގެ މެދު ތެރެއިން ކުޅޭ އަލީ ހަބީބު(ކަޓުވާ އައްލާ) އަކީ ޓީމްގެ މައި ތަނބެވެ. ޓީމްގެ ކުރިޔަށް ކުޅޭނީ މިހާރު އީގަލްސްގައި ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ހަންނާއެވެ. ގޯދިއްޔާގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކުންތެރިއެއްކަމަށްވާ މުހައްމަދު ތިލްމީޒު (ބިއްޑޭ) މިފަހަރު ފެންނަނީ އޭނާ ނިސްބަތްވާ ޒެފިއާއިންނެވެ. ބިއްޑޭ ވަނީ މިދިޔަ ސީޒަން ކުޑަހެންވޭރަށް ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ.

މީގެ އިތުރުން ނިމިގެން ދިޔަ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އިންޝާލް (އިންޓޭ) ޖާދޫ މިފަހަރު ފެނިގެންދާނެއެވެ. އިންޓޭ އަކީ ރާއްޖޭގެ ބޮޑެތި ކްލަބް ތަކުގެ ހުށަހެޅުން ލިބެމުން އަންނަ ކުޅުންތެރިއެކެވެ.

ސިނާ ބުނީ ޓީމްގެ އަމާޒަކީ ގްރޫޕް ސްޓޭޖް ކާމިޔާބްކޮށް މުބާރާތުގެ ތަށި ނެގުން ކަމަށެވެ. ސިނާ ބުނީ އެޓީމަކީ ތަށި ނަގާ ޓީމެއްކަން ޓީމުގެ ތާރީހަށް ބެލުމުން އެނގޭނެ ކަމަށެވެ.

" އަޅުގަނޑުމެން މުބާރާތް ތަކުގައި ބައިވެރިވަނީ ހަމައެކަނި ތައްޓަށް ވާދަ ކުރުމަކަށް ނޫން، ހިސާބުގަ ތިބި ޒުވާން ކުޅުންތެރިންނަށް ކުޅޭނެ ފުރުސަތު ހޯދައި ދޭން. އަޅުގަނޑުމެންގެ ޔޫތު ތަފާތުވާނެ… އަދި ޒެފިޔަރ އަބަދުވެސް ސްޓެރެންތަކީ ޒެފިޔަރ ސަޕޯޓަރުން، މިފަހަރުވެސް ޓީމައި އެކު ތިއްބެވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެށް…"

ޒެފިޔަރ ޓީމްގައި މިފަހަރު ވަނީ ޒެފިޔަރ ޖޫނިޔަރ ޓީމުގެ ތިން ކުޅުންތެރިޔަކަށް ޖާގަ ދީފައެވެ. މިއަހަރުގެ އަތޮޅު މުބާރާތުގައި ހިތަދޫ ޓީމަށް ކުޅުނު ދާނިޝް އައި ޔޫތު ވިކުޓްރީގެ ޕުރެކްޓިސްގަ ބައިވެރިވަމުން އަންނަ އާލިމް ފަހުމީ އާއި އަމްން އެވެ. އެއިގެ އިތުރުން ޓީމްގައި ހިމެނެނީ ޓީމްގެ އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާ ޒެފިޔަރ އިއްބެ އައި ޒުވާން ހާރިޝް(ހަރާ) އެވެ.

ޓީމްގެ މެނޭޖްމެންޓުން ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓީމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރި މިސްރު އެވެ.

ޒެފިއާ ހިމެނެނީ ގްރޫޕް ޑީގައެވެ. އެގްރޫޕްގައި ހިމެނެނީ ސައުތު ބްލޫސްގެ އިތުރުން ފޭދޫ ފްރެންޑްސް ކްލަބް އަދި ފޭދޫ ލޮނަ އެފްސީގެ އިތުރުން މަރަދޫ މާކަރީ ޔުނައިޓެޑްއެވެ.