Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ތިނަދޫން ގެއްލުންވި އާއިލާތަކާ ޖިހާދު ބައްދަލުކޮށްފި

photo: PSM

ގދ. ތިނަދޫއަށް ގަދަވަޔާއެކު ލިބުނު ގެއްލުންތައް ބައްލަވައި، ގެއްލުންވި އާއިލާތަކާއި ރައީސުލް ޖުމުހޫރިއްޔާގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބައްދަލުކުރައްވައިފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާއިރު ތިނަދޫގެ 26 ގެއަކަކަށް ވަނީ އަސަރުކޮށްފައެވެ. ނައިބު ރައީސް ޖިހާދު މިއަދު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ގެއްލުންވި އާއިލާތަކާއި ބައްދަލުކޮށް ލިބުނު ގެއްލުންތައް ޑިސާސްޓާ މެނޭޖްމަންޓުގެ އިސް އޮފިޝަލުންނާއެކު ވަނީ ބަލާފައެވެ.

ތިނަދޫއަށް ގަދަ ވަޔާއެކު 26 ގެއަކަށް އަސަރުކޮށްފައިވާއިރު އެރަށު ކޮފީޝޮޕެއްގެ އިތުރުން އޮޑިހަރުގެއަކަށް ވަނީ ގެއްލުންވެފައެވެ. މީގެ ތެރެއިން 10 ގެއަކަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ވެފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ވަމުންދާ ރަށްތަކާއި އާއިލާތައް ވަރަށް ކައިރިން ނައިބު ރައީސް ބައްލަވަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.