Last Updated: March 12, 21:58
Wednesday, March 12, 2025
ކުޅިވަރު

އެފްއާރްޓީ އާއި މަލްޓި ވެސް ނިކުންނާނީ ތިން ޕޮއިންޓަށް

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާ ހިތަދޫ މަލްޓި ޖީނިއަސް ސިޓީ އާއި ފޭދޫ އެފްއާރްޓީ އަކީ، ގޯދިއްޔާ ފުޓްސަލް މުބާރާތް ބާއްވަން ފެށިފަހުން ހުރިހާ މުބާރާތެއްގައި ވެސް ބައިވެރިވަމުން އަންނަ 2 ޓީމެވެ.

މިރޭގެ މެޗާއި ކުރިމަތިލާއިރު، 2 ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނެތެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެފްއާރްޓީގެ މެނޭޖަރ ހުސައިން އާސިރް(އާއްޓޭ) ބުނީ "މެގްޒިމަމް ޕާފޯމަންސް ދައްކައި މެޗް ކާމިޔާބު ކުރުމަށް" ކަމަށެވެ.

މަލްޓި ޖީނިއަސް ސިޓީން ވެސް ބުނާ ގޮތުގައި އެ ޓީމުން ނިކުންނާނީ އިދިކޮޅު ޓީމަކީ މޮޅު ޓީމެއް ކަމަށް ދެކިގެން ވިސްނުންތެރިކަމާއި އެކު ނިކުމެ މެޗުން 3 ޕޮއިންޓް ހޯދުމަށް ކަމަށެވެ.

އެފްއާރްޓީގައި ހިމެނެނީ މުޅިން ވެސް ފޭދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެހެން ނަމަވެސް މަލްޓި ޖީނިއަސް ސިޓީގެ ޓީމަށް ވަނީ ރަށުން ބޭރުން ބައެއް ކުޅުންތެރިން ގެނެސް ޓީމް ވަރުގަދަކޮށްފައެވެ.

މަލްޓި ޖީނިއަސް ސިޓީ އާއި އެފްއާރްޓީ ބައްދަލުކުރާ މެޗް ފަށާނީ މިރޭ 11 ޖަހާއިރު އެވެ.