1. ރަނގަޅު ދުޅަހެޔޮ މިންވަރަކަށް ކެލޮރީސް ނެގުން
ކޮންމެ ރެއަކު ވެސް ކާއެއްޗެހީގައި ޖުމްލަކޮށް 2000 ކެލޮރީސް އަށްވުރެ ގިނައިން ހުރެގެން ނުވާނެއެވެ.
2. ރޯދަވީއްލުމަށް ބަރުދަން ލުއިކޮށްދޭ އެއްޗެހި ކެއުން
ރޯދާވީއްލާ ގަޑީގައި ޝައްކެއްވެސް ނެތް ގޮތުގައި ކޮންމެ މީހަކުވެސް ހުންނާނީ ވަރަށް ބަނޑުހައިވެފައެވެ. އެހެންނަމަވެސް ހަށިގަނޑަށް ގެއްލުންހުރި އެއްޗެހި ގިނައިން ކެއުމުން ބަރުދަން އިތުރުވެ، ފަލަވާނެ އެވެ. އެހެންކަމުން އޭގެ ބަދަލުގައި ފައިބާ އާއި ޕްރޮޓީން ގިނައިން ހުންނަ އެއްޗެހި ރޯދަވީއްލާއިރު ކާށެވެ. އޭގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދުޅަހެޔޮ މިންވަރެއްގައި ދެމެހެއްޓި، އަވަހަށް ބަނޑުފުރޭނެ އެވެ.
3. ގިނައިން ފެން ބުއިން ނުވަތަ ކަރުހިއްކާ މިންވަރު ކުޑަކުރުން
ކޮންމެ ރެއަކު ވެސް މަދުވެގެން 1 ލީޓަރު ފެން ބޯށެވެ. ދުވާލު ގަޑީގައި ފެން ބުއިމަކީ ރޯދަ ގެއްލޭ ކަމެކެވެ. އެހެންކަމުން، އޭގެ ބަދަލުގައި ދުވާލު ދަތް އުނގުޅައި އަނގަ ދޮވުމަކީ ކަރުހިއްކާ މިންވަރު ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހާރުކާ ގަޑީގައި ގިނައިން ލޮނު ހުންނަ ކާއެއްޗެހި، ސޯޑާ، ކޮފީ އަދި ސައި ބުއިމާއި ދުރުހެލިވާށެވެ. ދުވާލު ގަޑީގައި ފިނިފެނުން ފެންވެރުމާއި އޭސީ ކޮށްފައިވާ ތަނެއްގައި ގިނައިރު ހޭދަކުރުމަކީ ވެސް ކަރުހިއްކުން ކުޑަކޮށްދޭނެ ކަންކަމެވެ.
4. ކަސްރަތު ކުރުން
ރޯދަމަހު ކަސްރަތު ކުރުން އެންމެ ރަނގަޅީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ދުވާލު ގަޑީގައި ކުރަން ޖެހޭނީ އެހާ ބުރަ ނޫން މަސައްކަތްތަކެވެ. އެއީ އެހެންނޫނީ ކަރުހިއްކާ މިންވަރު އިތުރުވާނެތީ އެވެ. ބުރަ، ބަރުދަން ލުއިކުރުމަށްޓަކައި ކުރާ ކަސްރަތުތައް ރޭގަނޑުގެ ވަގުތުތަކުގައި ކުރާށެވެ. އެއީ ކަސްރަތު ކުރުމުގެ ސަބަބުން ދާހިއްލާނެ އެވެ. ހަށިގަނޑުން ގެއްލިގެންދާ ފެނުގެ ބަދަލުގައި ހަށިގަނޑަށް އިތުރަށް ފެން ބޭނުންވާނެ އެވެ. އެގޮތަށް ފެން ބޮވޭނީ ހަމައެކަނި ރޭގަނޑު އެވެ.
5. ދުރާލާ ތައްޔާރުވުން
ރޯދަމަސް ފެށުމުގެ މަދުވެގެން ދެ ހަފްތާ ކުރިން ތައްޔާރުވާން ފަށަން ޖެހޭނެއެވެ. އެގޮތުން ހުރިހާ ހަކުރާއި ލޮނާއި ގިނައިން ފެޓްސް ހުންނަ ކާއެއްޗެއްސާއި މުޅިން ދުރުހެލިވާން ޖެހޭނެ އެވެ. އެއިރުން ރޯދަ މަހުގެ ކުރީކޮޅު އެކަހަލަ އެއްޗެހި ކާހިތް އެހާ ބޮޑަށް ނުވާނެތީ އެވެ. މީގެ އިތުރުން 1-3 ލީޓަރު ފެން ބޯން އާދަކުރާށެވެ.
މަތީގައިވާ ކަންތައްތައް ކުރާނަމަ، ރޯދަމަހު ބަރުދަން ލުއިކުރުމަކީ މާބޮޑު އުނދަގުލަކަށް ނުވާނެ އެވެ. ރޯދަމަހު ބަރުދަން ލުއި ނުކުރެވުނުނަމަވެސް، މިހާރު ހުރި މިންވަރަށް ރޯދަމަސް ނިމެންދެން ބަރުދަން އިތުރު ނުކޮށް ދެމެހެއްޓޭތޯ ބަލަންވާނެ އެވެ.