މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ އާއްމުވެފައިވަނިކޮށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ކަމުން އަބްދުއް ޝުކޫރު ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރގެ މަގާމުގައި ހުންނެވި ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު ޒުހޫރު އައްޔަން ކޮށްފިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައިވެސް ސްޓެލްކޯގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝުކޫރު ސްޓެލްކޯގެ އެމްޑީކަމަށް ރައީސް ޔާމީން އައްޔަން ކުރެއްވީ ޖޫން 9، 2014 ގައެވެ.
ޝުކޫރު މަގާމުން ވަކި ކުރިއިރު މާލޭއަށް ކަރަންޓް ދޫކުރުމަށް ސްޓެލްކޯއިން އަލަށް ބެހެއްޓި އިންޖީނުގެ މައްސަލަ އާއި ބައެއް ކޭބަލް ތަކަށް މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެއިން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑެއެވެ. އެކަމާއިހެދި އެތައް ހާސް ރައްޔިތުން ދަނީ ބޮޑެތި ތަކްލީފްތައް އުފުލަމުންނެވެ.
ތަފްސީލް އަންނަނީ….