* ބޭނުންވާ ތަކެތި:
3 ރަތް ދިގު މިރުސް (މެދުން ފަޅާފައި)
2 ފިޔާ
4 ލޮނުމެދު
4 ޓޮމާޓޯ (ބޮޑު، ހަތަރު ފަޅިކޮށްފައި)
1 ކޯޅި ކޮރިއެންޑާ
4 ކުކުޅުފައި (ބޮޑު)
ޒައިތޫނި ތެޔޮ
2 ސައިސަމުސާ ގަރަމް މަސާލާ
1 މޭޒުމަތީ ސަމުސާ ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ މަސްޓާޑް އޮށް
ފެޓް-ފްރީ ނެޗުރަލް ޔޯގަޓް
* ތައްޔާރު ކުރާނެ ގޮތް:
ކުކުޅު ފައިގައި ކުޑަ ތެޔޮ ފޮދަކާއި ގަރަމް މަސާލާ ހާކާފައި، ތަތްނުލަވާ ބޮޑު ތަވާއަކަށްލާށެވެ. އިތުރަށް ކުޑަ ތެޔޮ ފޮދެއް ތަވާ ތެރެއަށް އެޅުމަށް ފަހު މެދު ގިނީގައި 10-15 މިނެޓާ ދެމެދު ވަރަށް ބޮޑަށް ރަތްވަންދެން ކުކުޅު ފައިތައް ކައްކާށެވެ. އަވަން 180 ޑިގްރީ ސެލްސިއަސް އަށް ޕްރިހީޓް ކުރާށެވެ.
އެއަށް ފަހު ކުކުޅު ފައި ހުރި ތަވާގެ ތެރެއަށް ހިކަނދިފަތާއި މަސްޓަޑް އޮށް، މިރުސް، ފިޔާ އަދި ލޮނުމެދު އަޅާފައި ދޭފަތުން ހަލަމުން ގެންދާށެވެ.
ފަސް މިނެޓަށް ކެއްކުމަށް ފަހު ޓޮމާޓޯ ވެސް އޭގެ ތެރެއަށް އަޅާލާށެވެ. އެއަށް ފަހު ތަވާ އަވަނުގެ ތެރެއަށް ލާފައި، މަތި ނާޅާ 50 މިނެޓް ވަންދެން އަވަނުން ފިހެލާށެވެ. ކުކުޅު ރަނގަޅަށް ކެއްކިފައިވާ ނަމަ ކުކުޅު މަހާއި ކަށްޓާ ވަކިވާން ފަށާނެ އެވެ.
ތަވާ އަނެއްކާވެސް އުނދުން މައްޗަށް އުދާފައި ހުރިހާ ދިޔަތަކެއް އޮލަވަންދެން ކައްކާށެވެ. އެއަށް ފަހު ސާވް ކުރާށެވެ.
ސާވް ކުރާ އިރު ކުކުޅުގެ މައްޗަށް ކޮރިއެންޑާ ފަތްކޮޅަކާއި ފިނި ޔޯގަޓް ކޮޅެއް އަޅާލާށެވެ. ބަތް، ސެލެޑް ނުވަތަ ރޮށްޓާ އެކު ވެސް މިގޮތަށް ކުކުޅު ކެވިދާނެ އެވެ.