އަންނަ ޖުލައި މަހުގެ 21 ގައި ރިލީޒް ކުރާ "މުންނާ މައިކަލް" ގެ ފުރަތަމަ ޓްރެއިލާ ދައްކާލުމާ އެކު، މި ފިލްމަކީ ވަރަށް ބަލާ ހިތްވާ ކަހަލަ ފިލްމަކަށް ވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނެފި އެވެ.
ޓައިގާ ޝްރޮފްގެ ކުޅަދާނަ ނެށުންތަކާއި ވަރުގަދަ އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭ މި ފިލްމަކީ ޕޮޕް ލަވައިގެ ރަސްގެފާން މައިކަލްގެ ޖެކްސަންގެ ނެށުމުގެ ހުނަރުން، އިންސްޕަޔާވާ ޒުވާނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ އެވެ.
"މުންނާ މައިކަލް" ގައި ޓައިގާއާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އަލަށް ތައާރަފުވާ ނިދީ އަގަރްވާލެވެ. މީގެ އިތުރުން ނަވާޒުއްދީން ސިއްދީގީ ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ އެވެ.
Put on your dancing shoes, ‘cause here comes Munna in action! #MunnaMichaelTrailer Out Nowhttps://t.co/HSg9o23nGQ
— Tiger Shroff (@iTIGERSHROFF) June 5, 2017
މި ފިލްމަކީ ޑައިރެކްޓަރު ސަބީރު ހާނާ އެކު ޓައިގާ މަސައްކަތް ކުރި ތިން ވަނަ ފިލްމެވެ. އޭނާ 2013 ވަނަ އަހަރު ބޮލީވުޑަށް ނިކުތީ ސަބީރު ޑައިރެކްޓް ކުރި "ހީރޯޕަންޓީ" އިންނެވެ.
އޭގެ ފަހުން 2015 ގައި ރިލީޒް ކުރި ސަބީރުގެ "ބާގީ" ގެ އެކްޓަރަކީ ވެސް ޓައިގާ އެވެ.