Last Updated: March 12, 17:25
Wednesday, March 12, 2025
ކުޅިވަރު

ޒިލޯން ބަލިކޮށް ޑީސީ އަށް މޮޅެއް

ޒިލޯން އާއި ޑީސީ ކުޅުނު މެޗްގެ ތެރެއިން. ފޮޓޯ: އިބްރާހިމް އަބްދުﷲ/ އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗް ޑީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޑީސީ އިން ކާމިޔާބު ކުރީ ޒިލޯން އާއި ވާދަކޮށް 0-3 އިންނެވެ.

މެޗްގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ހާފު ނިމުނުއިރު ލަނޑެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ޑީސީ އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށްފައެވެ.

މިގޮތުން މި ހާފުގައި ޑީސީ އިން 3 ލަނޑު ޖެހިއިރު އޭގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 11 އިބްރާހިމް ރިޒުވާނެވެ. ދެން އެޓީމުން ޖެހި ގޯލް ކާމިޔާބުކޮށްދިނީ މުޅި މެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި އަހްމަދް ޒާހިރެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އަހްމަދް ޒާހިރެވެ.

މިރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހްމަދް ޒާހިރް

ގްރޫޕް ޑީ ގެ އެއްވަނައިގައި އޮތީ 2 މެޗުން 6 ޕޮއިންޓް ހޯދާފައިވާ ޔުނައިޓެޑް ފްރެންޑްސް އެވެ. ޒިލޯން އަތުން ލިބުނު މޮޅާއި އެކު ގްރޫޕްގެ ދެވަނަ ޑީސީއަށް ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް އެފްސީ ބޭރުމަތިއަށް ވެސް 3 ޕޮއިންޓް ލިބިފައިވާއިރު އެޓީމުން މުބާރާތުގައި މިހާތަނަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ.

މި ގްރޫޕްގައި ހިމެނޭ ސްކޫޕް ކަންމަތި އާއި ޒިލޯން އަށް އަދި ޕޮއިންޓެއް ލިިބިފައެއް ނުވެއެވެ.