ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު 3 ވަނަ މެޗް ވެލާ ޕްރައިވެޓް އައިލެންޑްގެ ޓީމުން ކާމިޔާބުކޮށްފިއެވެ.
ވެލާ ޕްރައިވެޓް އައިލެންޑްގެ ޓީމުން މިރޭގެ މެޗް ކާމިޔާބު ކުރީ އެސްއެމްޓީ އާއި ވާދަކޮށް 0-3 އިންނެވެ.
މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައި ވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި 2 ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފައިވެއެވެ.
މެޗްގައި ވެލާ ޓީމުގެ ގޯލުތައް ފެނިގެން ގޮސްފައި ވަނީ 2 ވަނަ ހާފުގައެވެ. އެގޮތުން ވެލާ ޓީމުގެ އަހްމަދް ނާހިދު 2 ލަނޑު ކާމިޔާބުކުރި އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހްމަދް އިމްރާނެވެ.