* ބޭނުންވާ ތަކެތި:
12 އޯރިއޯ ބިސްކޯދު
175 ގްރާމް ފުށް
150 ގްރާމް ހަކުރު
2 ސައިސަމުސާ ބޭކިން ޕައުޑަރު
2 ބިސް
50 ގްރާމް ކޮކޯ ޕައުޑަރު
150 މިލިލީޓަރުގެ ކިރު
80 ގްރާމް މެލްޓެޑް ބަޓަރު
150 ގްރާމް ވައިޓް ޗޮކްލެޓް
* ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ އަވަން 180 ޑިގްރީގައި ޕްރިހީޓްކޮށްލާށެވެ.
ދެން ވައިޓް ޗޮކޮލެޓް ފިޔަވައި އެހެން ހުރިހާ އެއްޗެއް ތަށްޓަކަށް އަޅާފައި ރަނގަޅަށް އެއްވަންދެން ގިރާށެވެ.
ދެން މަފިންސް ފިހާ ކަހަލަ ޓްރޭއެއްގެ ތެރޭގައި އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުތައް އަތުރައިލާށެވެ ދެން އޭގެ މައްޗަށް މިކްސް ކުރި ބައި އެއްބައި އޮއްސުމަށް ފަހު، ކޮންމެ އެއްޗެއްގެ މަތީގައި ވައިޓް ޗޮކްލެޓްކޮޅެއް ބާއްވާށެވެ.
ދެން އަނެއްކާ ވެސް ބާކީ ހުރި މިކްސްގަނޑު އޭގެ މައްޗަށް އޮއްސާލުމަށް ފަހު، އަވަނުގައި 20 މިނިޓް ވަންދެން ފިހެލާށެވެ.