* ބޭނުންވާ ތަކެތި:
1 ދޮން އަނބު (ހެޔޮވަރު ސައިޒެއްގެ، ކޮށާފައި)
4-5 އަލްމޮންޑްސް
7-8 ޕިސްޓާޗިއޯ
1/2 ލުނބޯ ހުތް
2-3 މޭޒުމަތީ ސަމުސާ ހަކުރު
6-8 މިންޓް ފަތް
1/2 1 ޖޯޑު ސޮޑާ ވޯޓަ
މުގުރި މިރުސް (ބިއްލޫރި ތަށީގެ މަތީގައި ހާކާލަން)
* ތައްޔާރު ކުރާނެ ގޮތް:
މުގުރި މިރުސް ފިޔަވައި އެހެން ހުރިހާ އެެއްޗެއް މިކްސަރަށް އަޅާފައި އޮމާންވަންދެން ގިރާލާށެވެ.
ދެން ބިއްލޫރި ތައްޓެއްގެ މަތީގެ ބޭރުގައި ލުނބޯ ހުތް އުނގުޅައިލާށެވެ. އެއަށް ފަހު މުގުރި މިރުސް ތަށްޓެއްގެ ތެރެއަށް ބިއްލޫރިގެ ތަށީގެ ކޮޅު ލާފައި މިރުސް އުނގުޅާލުމަށް ފަހު، ތަށީގެ ތެރެއަށް ގިރާލި ޖޫސް އަޅާފައި ސާވްކޮށްލާށެވެ. ފިނިކޮށްގެން ވެސް ރަނގަޅު ވާނެ އެވެ.