ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގްރޫޕް ސީ ގައި މިރޭ ކުޅުނު މެޗް ފަސޭހަ ކަމާއި އެކު އެފްސީ ބޭރުމަތިން ކާމިޔާބުކޮށްފިއެވެ.
ސްކޫޕް ކަންމަތި އާއި ދެކޮޅަށް ކުޅުނު އެފްސީ ބޭރުމަތިން ކާމިޔާބު ކުރީ 0-2 އިންނެވެ.
މިރޭގެ މެޗްގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފައިވެއެވެ.
މެޗްގެ 2 ވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ އެފްސީ ބޭރުމަތީގެ އިބްރާހިމް ސިނާހު ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެފްސީ ބޭރުމަތީގެ 2 ވަނަ ގޯލް ޖެހީ ހަސަން މިފްރާހުއެވެ. މިއީ މުބާރާތުގައި އޭނާ ޖެހި 2 ވަނަ ގޯލެވެ.
މިރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ބޭރުމަތީގެ އިބްރާހިމް އަސްވާދެވެ.