Last Updated: March 12, 17:25
Wednesday, March 12, 2025
ޚަބަރު

ލޮނަ އިން ސައުތު ބްލޫސް ކޮޅަށް 5 ލަނޑު ޖަހައިފި

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗްގައި ލޮނަ އެފްސީން ސައުތް ބްލޫސް ކޮޅަށް 5 ލަނޑު ޖަހައިފިއެވެ.

ލޮނަ އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފްގައި އެޓީމުން ވަނީ 2 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ވެސް މި ހާފްގައި ލޮނަ އެފްސީން ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

މެޗްގެ 2 ވަނަ ހާފުގައި ލޮނަ އެފްސީން 3 ލަނޑު ޖަހާފައިވާއިރު މިހާފުގައި ވެސް ސައުތް ބްލޫސް އަށް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މިރޭގެ މެޗްގައި ލޮނަ އެފްސީގެ އަބްދުﷲ ޝާފިޢު ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާގެ އިތުރުން ލޮނަ އެފްސީއަށް މިރޭގެ މެޗްގައި ލަނޑު ޖަހައިދިނީ ޔާމީން މުހައްމަދެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލޮނަ އެފްސީގެ ޖާޒީ ނަންބަރު 7، އަބްދުﷲ ޝާފިއުއެވެ.