ފާޚާނާ ރީތިކޮށް ބެހެއްޓުމަކީ ވަރަށް ގިނަ ބަޔަކު ފަރުވާތެރިކަމާއި އެކު ކުރާ ކަމަކެވެ. ގޭގައި ހުންނަ އެންމެ ކުޑަ ކޮޓަރިއަށް ވިޔަސް ފާޚާނާ ސާފުކުރުމުގައި އުފުލަންޖެހޭ ބުރަ އެހާ ބޮޑެވެ. މިއޮތީ ފާޚާނާ ސާފުކޮށް ބެހެއްޓުން ލުއިކޮށްލުމަށް ކުރެވިދާނެ 4 ކަމެކެވެ.
-
ފާޚާނާ އަކީ އާންމުކޮށް ގޭގައި ހުންނަ އެންމެ ކުޑަ ކޮޓަރިއެވެ. އެހެންކަމުން ފާޚާނާ ގައި މާގިނަ އެއްޗެހި ބަހައްޓަން ނުހަދާށެވެ. މާގިނަ ރީތިވާ ސާމާނާއި ފެންވަރަން ބޭނުންވާ އެހެނިހެން ޕްރޮޑަކްޓްތައް ހުންނަނަމަ، އަބަދުވެސް އެ އެއްޗެހި ބަހައްޓަން ހުންނަ ރެކްތަކުގައި ބަހައްޓަން ހަނދާން ކުރާށެވެ.
-
ދުވާލަކު އެއްފަހަރު ފާޚާނާ ތަށްޓާއި މޫނުދޮންނަ ތަށިގަނޑު ސާފުކުރަން ވާނެއެވެ. އެއީ ޤަވާއިދުން ބޭނުންކުރާ ދެ އެއްޗަށް ވާތީއެވެ. ކޮންމެ ދުވަހަކު ވެސް އެގޮތަށް ސާފުކުރާނަމަ ހަފްތާއަކު އެއްފަހަރު ފާޚާނާ މުޅިން ސާފުކުރާއިރު ފަސޭހަވެގެން ދާނެއެވެ.
-
ފެންވަރާ ތަން ވަކިން ހުންނަ ފާޚާނާތަކުގައި ޝަވާ ކާޓެއިން ނުވަތަ ފޮތި ދަމާފައި ހުންނާނެކަން ޔަޤީނެވެ. އެގޮތުން އެ ފޮތިގަނޑު ވެސް ޤަވާއިދުން ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފާޚާނާގައި ބަހައްޓާ ތުވާލިތައް ވެސް ދުވާލަކު އެއް ފަހަރު ބަދަލުކުރަން ވާނެއެވެ.
-
ދާވެފައި ހުންނަ ހެދުންތަކާއި ތެތް ތުވާލިތައް ފާޚާނާ ތެރޭގައި ބަހައްޓައިގެން ނުވާނެއެވެ. ބޭނުންކޮށް ނިމުނީމާ ދާއެއްޗެހި އަޅާ ވަށިގަނޑަށް އެހެންނޫނީ ސީދާ ގޮސް ދޮންނަމެޝިނަށް އެ އެއްޗެހި ލުމަކީ މުހިންމު ކަމެކެވެ. އަދި ތެތް ތުވާލިތައް އަވީގައި ނުވަތަ ފަންކާ ދަށުގައި ހިއްކަން އެޅުވިދާނެ އެވެ.