އައްޑޫގައި މިހާރު ފިތުރު ޒަކާތް ބަލައި ގަންނަމުން އަންނަ އިރު، ފަގީރުންގެ ލިސްޓްގައި ނަން ނޯޓް ކުރެވޭނީ މިއަދާ ހަމައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެގޮތުން އައްޑޫގެ ފަސް އަވަށެއްގައި ވަނީ ނަން ނޯޓް ކުރުމުގެ އިންތިޒާމް ހަމަޖައްސައިފަ އެވެ.
އައްޑޫގައި ފިތުރު ޒަކާތް ބަލައި ގަންނަމުން އަންނަނީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ޒަކާތް ބަލައި ގަތުން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:15-1:30 ވަންދެން ޒަކާތް ބަލައި ގަންނާނެ އެވެ.
* އައްޑޫގައި ޒަކާތް ބަލައިގަންނަ ތަންތަން:
- ހިތަދޫ: އިސްލާމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ޔުނިޓް
- މަރަދޫ: މަރަދޫފޭދޫ، ތަދްރީސުލް ޤުރުއާން
- ފޭދޫ: ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓް
- ހުޅުދޫ: ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސް ޑިޕާޓްމަންޓް
- މީދޫ: ފެނަކަ ކޯޕަރޭޝަން
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ.
ޒަކާތް ނެރެން ޖެހެނީ އެ މީހަކު އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތުންނެވެ. ރަސްމީކޮށް ޒަކާތް ބަލައި ގަތުމަށް ހަމަޖައްސާފައި ވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.
އައްޑޫގައި ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 20ރ. ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 65ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 75ރ. ގެ މަގުންނެވެ.