ޝާހްރުކް ހާންގެ ކުރިއަށް އޮތް ފިލްމް "ޖަބް ހެރީ މެޓް ސެޖަލް" ގެ ޑައިރެކްޓަރު އިމްތިއާޒް އަލީއަކީ މަރުވެފައިވާ މަޝްހޫރު ޑައިރެކްޓަރު ޗާޝް ޗޯޕްޅާ ކަހަލަ ޑައިރެކްޓަރެއް ކަމަށާއި އޭނާއާ މަސައްކަތްކޮށްލުނުން ހަނދާން ވަނީ ޔާޝް ކަމަށް ޝާހްރުކް ބުނެފި އެވެ.
އިމްތިއާޒާ އެކު އޭނާ ކުޅުނު ފިލްމް ރިލީޒް ކުރާނީ އަންނަ އޮގަސްޓް މަހުގެ 4 ގަ އެވެ.
"ޖަބް ހެރީ މެޓް ސެޖަލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޝާހްރުކް ބުނީ ޔާޝްއާ އެެއްގޮތަށް، އިމްތިއާރު ކިޔައދޭ ވާހަކަތަކުގައި ވެސް ވަރަށް ބޮޑަށް ދަތުރު ކުރެވޭނެ ކަމަށާއި ލީބީގެ ވާހަކަތައް ވަރަށް ފުރިހަމަ އަށް ގެނެސް ދޭން މަސައްކަތް ކުރާ ކަމަށެވެ.
ޝާހްރުކް ވަނި ޔާޝްގެ "ޑަރް"، "ދިލް ތޯ ޕާގަލް ހޭ"، "ވީޒް ޒާރާ" އަދި އޭނާގެ އެންމެ ފަހުގެ ފިލްމް "ޖަބް ތަކް ހެ ޖާން" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
"އިމްތިއާޒުގެ ފިލްމްތަކުގައި ދަތުރު ކުރުމުގެ ބައި ވަރަށް ބޮޑު. އަދި ހަމައެއާ އެކު ވަރަށް ރީތި ލޯބީގެ ވާހަކައެއް އޭގެ ތެރެއިން ކިޔައިދޭނެ" އޭނާ ބުންޏެވެ. "އިމްތިއާޒާ އެކު މަސައްކަތްކޮށްލެވުނީމަ ހަނދާން ވަނީ ޔާޝް މަތިން."
އެހެން ނަމަވެސް "ޖަބް ވީ މެޓް ސޭޖަލް" އަކީ ޓްރެވެލް ފިލްމެއް ނޫން ކަަމަށް ޝާހްރުކް ބުންޏެވެ.
އޭނާ ބުނީގެ މީގެ މައިގަނޑު ވާހަކައަކީ ޓުއާ ގައިޑެއްގެ ވާހަކަ ކަމަަށެވެ.
އަނުޝްކާ ޝަރްމާ އާއި ޝާހްރުކް ލީޑް ރޯލުން ފެނިގެންދާ "ޖަބް ހެރީ މެޓް ސެޖަލް" ޝޫޓްކޮށްފައި ވަނީ ބުޑަޕެސްޓް، އެމްސްޓެޑަން، ލިޒްބަން، ޕްރާގް އަދި އިންޑިއާގެ ޕަންޖާބްގަ އެވެ.
މިހާރު ޕޯސްޓަރު ވެސް ދައްކާލައިފައިވާ ފިލްމްގެ ޓްރެއިލާ ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ފިތުރު އީދު ދުވަހު ރިލީޒް ކުރާ ސަލްމާން ހާންގެ "ޓިއުބްލައިޓް" އާ އެކު ކަމަށް ރިޕޯޓްތައް ބުނެ އެވެ.