ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 34 ބަނދަރު ހަދާ ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތ. އޮމަދޫ ބަނދަރުގެ މަޝްރޫއު އާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ރައްޔިތުންގެ މަޖްލިސްގެ ޖަލްސާއަށް ހާޒިރު ކުރުމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ އަބްދުލް ޤަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މިހާތަނަށް 34 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އަދި މިހާރުވެސް 39 ރަށެއްގެ ބަނދަރުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ އެކި އެކި ބަނދަރުތަކާއި ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލު ކުރައްވާފައެވެ.