Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ފްލައިމީ އަށް ކެބިން ކްރޫން ހޯދަނީ

ރާއްޖޭގެ އަމިއްލަ އެއާލައިން ވިލާ އެއާގެ ފްލައިމީއަށް ކެބިން ކްރޫން ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ ޝައުގުވެރިވާ ޒުވާނުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަަށެވެ.

އިތުރު މައުލޫމާތު 3010381 އަށް ގުޅައިގެން ހޯދޭނެ އެވެ.

ފްލައި މީން ކެބިން ކްރޫން ހޯދަން އިއުލާންކޮށްފައި މި ވަނީ އެ އެއާލައިގެ ފްލީޓަށް ދާދި ފަހުން ބޯޓެއް އިތުރުވުމާ ގުޅިގެން، ރާއްޖޭގެ އެންމެ ދެކުނުން އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަނިކޮށެވެ.

ފްލައި މީން ބުނީ މި މަހުގެ ތެރޭގައި ދަތުރުތައް ފަށާނެ ކަމަށެވެ.

ފްލައި މީއަކީ ގާސިމް އިބްރާހީމްގެ އެއާލައިނެކެވެ.